ENGLISH
07 ޖުލައި 2026
ފެމެލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން ކޯސް ފަށައިފި
06 ޖުލައި 2026
|
ފެމިލީ އެންޑް ޗައިލްޑް ސެންޓާޑް އިންވެސްޓިގޭޝަން ކޯހުގައި ބައިވެރިވާ ފުލުހުން-- ފޮޓޯ: ފުލުހުން
އެންމެ މަޤްބޫލު
ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި އާއިލީ މައްސަލަތައް ތަހުގީގުކުރާ ފުލުހުންނަށް ހާއްސަކޮށްފައިވާ ފެމިލީ އެންޑް ޗައިލްޑް ސެންޓާޑް އިންވެސްޓިގޭޝަން ކޯސް ފަށައިފިއެވެ.
ފުލުހުން ބުނީ މި ކޯސް ކުރިއަށް ގެންދަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެޓްގެ ސެންޓާ ފޯ އިންވެސްޓިގޭޝަން، ކްރައިމް އެންޑް ޖަސްޓިސްގެ ފަރާތުން އެފްސީޕީ އާއި ގުޅިގެން ކަމަށެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި،މި ކޯހަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި އާއިލީ މައްސަލަތައް ތަހުގީގުކުރާ ފުލުހުންނަށް ހާއްސަކޮށްފައިވާ ކޯހެކެވެ. އަދި މި ކޯސް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައި ވަނީ މި މަހުގެ 5 އިން 25 އަަށެވެ. އެކާވީސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ތަހުގީގުކުރާ 26 ފުލުހުން ބައިވެރިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ކޯހުގައި، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި، އާއިލީ މައްސަލަތައް ތަހުގީގުުކުރުމުގައި ހާއްސަ އިސްކަމެއްދީ އަދި ސަމާލުކަންދޭންޖެހޭ ކަންތައްތައް އުނގަންނައިދިނުމަށް ކުލާސްތައް ކުރިއަށް ގެންދާނެއެވެ. އަދި އޭގެ އިތުރުން ކުޑަކުދިންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާނެކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލހުން ބުނީ ކުޑަކުދިންނާއި އާއިލީ މައްސަލަތަކުގައި، ތަހުގީގުގެ ތެރެއިން އިންޓަވިއުކުރާނެ ގޮތްތަކުގެ އިތުރުން ކުޑަކުދިންގެ ހެދިބޮޑުވުމަށް އަންނަ ބަދަލުތައް ދެނެގަންނާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުލާސްތައް ކުރިއަށް ގެންދާނެކަމަށެވެ.
މި ކޯހުގައި މައުލޫމާތު ދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ވެސް ބައިވެރިވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.