ENGLISH
07 ޖުލައި 2026
ށ. ފޭދޫ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތްތައް އަންނަނީ ކުރަމުން
06 ޖުލައި 2026
|
ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ ދަށުން، އެއްގަމު ތޮށީގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި، މިހާރު ބަނދަރުގެ އެއްގަމުތޮށީގެ ކެޕިންގ ބީމް އެޅުމަށްޓަކައި ކުރަންޖެހޭ ފޯމްވޯކް (ޝަޓަރިންގ) ހެދުމުގެ މަސައްކަތާއި، ތޮށިލާ ސަރަހައްދަށް ކޮނެގެން ނެގި ވެލި އެޅުމުގެ (ބެކްފިލިންގ) މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ ބައެއް މުހިއްމު މަސައްކަތްތަކުގެ ތެރޭގައި:
މީގެ އިތުރުން މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނެއެވެ.
މި މަޝްރޫ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 33.1 މިލިއަން ރުފިޔާއަށެވެ.
އެމްޓީސީސީން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.