ENGLISH
06 ޖުލައި 2026
ރައްޔިތުންނަށް ލުއިފަސޭހަކުރުމަށް ފުޅާކުރަންޖެހޭ ކޮންމެ މަގެއް މިސަރުކާރުން ފުޅާކުރާނެ: މިނިސްޓަރ ސައީދު
06 ޖުލައި 2026
|
މިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް
އެންމެ މަޤްބޫލު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފުޅާކުރަންޖެހުނު ކޮންމެ މަގެއް ފުޅާ ކުރަމުންދާނެ ކަމަށް މިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިފަދައިން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
"ބޭރުމަގު ފުޅާކުރެވިއްޖެ، އެކަމަކު އޮޑިފަހަރަށް އުނދަގޫވާކަމުގެ ޝަކުވާ، ރަށްރަަށުން މާލެ އަންނަ ނާލު ބޯޓުތަކުން މިދަނީ ކުރަމުން. މީގެ ނޭދެވޭ އަސަރު މުދަލަށްވެސް ކުރާނެކަމަށް ބެލެވޭ. މިހާތަނަށް އައި އިރު ވެސް އެއްވެސް ބަދަލެއް އައިތަނެއް ނުފެނޭ. މިހާތަނަށް ކުރެވުނީ ކޮން މަސައްކަތެއްތޯ؟ ދެން ކަނޑުދަތުރުފަތުރަށް ބަރޯސާވެފައިވާކަހަލަ ރާއްޖެފަދަ ގައުމެއްގައި މަގުފުޅާކޮށް ހަދާއިރުގައި އޭގެ ރޭޝަނަލްއަކީ ކޮބައިތޯ؟ " - ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފުޅާކުރަންޖެހުނު މަގެއް ފުޅާ ކުރަމުންދާނެ ކަމަށެވެ.
"މިފަދަ އެތައް އުނދަގުލެއް ދަތިތަކެއް ކުރިމަތިވެ، އެމްޑީޕީ ސަރުކާރު އައިސް ދާއިރުގައި މިއިން ކަމެއް ހައްލެއް ނުވޭ. މިފަދަ ކަންތައްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. އިއްޒަތްތެރި މެންބަރަށް އަޅުގަނޑަށް ހީވަނީ، އަޅުގަނޑު މި ދަންނަވާ އެއްޗެއް ވިސްނިވަޑައިގަންނަވާހެން އެބަ. މަގު ފުޅާވީމާ ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންމިދަނީ. ދަތުރުފަތުރަށް، ހިނގާބިގާވެ އުޅޭ މީހުންނަށް އުޅަނދަށް އަދި ވިޔަފާރިއަށް. " - މިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު
މާލޭގެ އުތުރުފަރާތުގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފުޅާކުރުމުގެ މަސައްކަތް ފެށީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުންނެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ކުރިން މާލޭގެ މާރުކޭޓް ހިމެނޭ ސަރަަހައްދު ފުޅާކުރުމުގެ މަސައްކަތް ނިންމާފައިވާއިރު، މިހާރު ކުރަމުންދަނީ އެމްޓީސީސީ ހެންވޭރު ޓާމިނަލް އިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢު (ފޭސް 1) ގެ ދަށުން ޝީޓް ޕައިލް އިންސްޓޯލް ކުރުމުގެ މަސައްކަތުގެ 100 އިންސައްތަ މަސައްކަތް ކާމިޔާބުކަމާއެކު ނިމިފައިވާކަމަށް މި މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީއިން ވަނީ ބުނެފަ އެވެ.
ސެގްމެންޓް 4 އަދި 5 ގެ ސަބް ބޭސް މަސައްކަތްތައް ނިމުމާއެކު، އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 7 ޖުލައި 2026 ގައެވެ.