ENGLISH

06 ޖުލައި 2026

Advertisement

24 ރަށެއްގައި 50 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ތައްޔާރުވެއްޖެ

06 ޖުލައި 2026

|

އައިމިނަތު ޝަފާ

ރ. އިންނަމާދޫގައި ގާއިމުކޮށްފައިވާ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު - ފޮޓޯ: ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ

ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެސްޕަޔަރ އަދި އެރައިޒް މަޝްރޫއުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ވުޒާރާއިން ބުނީ މި ބިޔަ މަޝްރޫއަކީ ރާއްޖޭގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއްކަމަށެވެ. މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަކަތަ އުފެއްދުމަށް ކުރާ ހަރަދު ކުޑަވެ، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުވުމަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް ވުޒާރާއިން ބުންޏެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މިހާރު ފެށިގެން މިދާ މަޝްރޫއަކީ އެ އަމާޒަށް ވާސިލްވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ރަށްތަކުގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރެވޭނެއެވެ. މީގެ ސަބަބުން ރާއްޖެއަށް ބޭރުން އެތެރެކުރާ ތެލަށް ކުރާ ބޮޑު ހޭދަ ސަލާމަތް ކުރެވި، އިގްތިސާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު