ENGLISH

04 ޖުލައި 2026

Advertisement

ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހއ.އިން އދ.އާ ހަމައަށް ހުދު ސަމާލު ނެރެފި

04 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ކަނޑުގަދަ ދުވަހެއްގައި ދޯންޏެއް ދުއްވަނީ، ފޮޓޯ: ސަން

ވައިބާރުވުމާއެކު ކަނޑުތައް ގަދަވާނެކަމުގައި ލަފާކުރެވޭތީ ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ މި ސަރަހައްދަަށް ގަޑިއިރަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމުގައި ބެލެވޭ ކަމަށެވެ. އަދި ވައިބާރުވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެ ކަމުގައިވެސް އެ އިދާރާއިން ލަފާކުރެއެވެ. 

އެ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 17:00 އާ ދެމެދުގެ ވަގުތަށެވެ. 

މިދުވަސްވަރު ރާއްޖޭގެ މޫސުމަށް ބޮޑެތި ބަދަލުތައް އައުމަށް މެދުވެރިވާ އެއް ސަބަބުގެ ގޮތުގައި ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރީ ދުނިޔެއަށް ކުރިމަތިވެފައިވާ އަލްނީނޯއެވެ. އަލްނީނޯ އުފެދޭ ދުވަސްވަރު ކަނޑުގެ ސަތަަހައިގެ ހޫނުމިނަށް ބަދަލުތައް އައުމާ ގުޅިގެން ދުނިޔޭގެ މޫސުމަށް އެކި ބަދަލުތައްް އާދެއެވެ. 

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އަބަދުވެސް އިލްތިމާސްކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު