ENGLISH

04 ޖުލައި 2026

Advertisement

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އެމްއެންޔޫއިން ބައިވެރިވެއްޖެ

04 ޖުލައި 2026

|

އައިމިނަތު ޝަފާ

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބައިވެރިވުން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން ބައިވެރިވެއްޖެއެވެ.

ގައުމީ ޔުނިވާސިޓީން ބުނީ މި އެކްސްޕޯގައި ބައިވެރިވަނީ ޔުނިވާސިޓީން ފޯރުކޮށްދޭ ތަޢުލީމީ ފުރުޞަތުތައް ދައްކާލުމަށާއި، ދަރިވަރުންނާއި ބެލެނިވެރިން އަދި އާންމު ރައްޔިތުންނަށް ޔުނިވާސިޓީގެ ކޯސްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށްކަމަށެވެ.

އެމް.އެން.ޔޫގެ މަގުސަދަކީ މަތީ ތައުލީމުގެ ފުރުސަތުތަކަށް އާންމުން ހޭލުންތެރިކުރުވުމާއި، މައުލޫމާތު ބަދަލުކުރުމުގެ ތެރެއިން މުޖުތަމައާ އޮންނަ ގުޅުން ބަދަހިކުރުމެވެ.

މި އެކްސްޕޯގައި ހުރި އެމް.އެން.ޔޫގެ ސްޓޯލަށް ޒިޔާރަތްކުރާ މީހުންނަށް ޔުނިވާސިޓީގެ އެކި ދާއިރާތަކުގެ ކޯސްތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ. މީގެ އިތުރުންވެސް ތަފާތު ހަރަކާތްތަކެއް އެމްއެންޔޫގެ ސްޓޯލުގައި ކުރިއަށްގެންދެެއެވެ. 

އެކްސްޕޯގެ ބައިވެރިންނަށް މާލީ ކަންކަމަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި، މަތީ ތައުލީމުގެ ފުރުސަތުތަކާ ބެހޭ ލީފްލެޓާއި މައުލޫމާތު ކަރުދާސް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ސްޓޯލަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތަކުން ހޮވޭ މީހުންނަށް ހާއްސަ އިނާމުތަކެއްވެސް ލިބިގެންދާނެއެވެ. 

ފައިނޭންޝަލް އެކްސްޕޯގައި އެމް.އެން.ޔޫ އިން ބައިވެރިވުމަކީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން، ފެންވަރު ރަނގަޅު ތައުލީމު ކަށަވަރުކުރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން، މާލީ ހޭލުންތެރިކަން އިތުރުކޮށް، މުސްތަގުބަލުގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރާއި މައުލޫމާތު ކުރިއެރުވުމަށް ބާރުއެޅުމުގެ ގޮތުން، އެކަށީގެންވާ ވަޒީފާއާއި އިގުތިސާދީ ކުރިއެރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށްވެސް މި ހަރަކާތުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަކީ ތައުލީމު ކުރިއެރުވުމަށާއި، ގައުމީ ފެންވަރުގައި ހިންގޭ ތަފާތު ހަރަކާތްތަކުގެ ތެރެއިން މުޖުތަމައު ހޭލުންތެރިކުރުވުމަށް އިސްކަންދޭ މުއައްސަސާއެކެވެ. 

މަތީ ތައުލީމަށް ޝައުގުވެރިވާ ދަރިވަރުންނާއި، ބެލެނިވެރިން އަދި އާންމު ރައްޔިތުން އެމް.އެން.ޔޫގެ ސްޓޯލަށް ޒިޔާރަތްކުކޮށް ލިބެން ހުރި ފުރުސަތުތަކުގެ މައުލޫމާތު ހޯދުމަކީ އެމް.އެން.ޔޫގެ ވަރަށް ބޮޑު އެދުމެކެވެ.

ކިޔުންތެރިންގެ ހިޔާލު