ENGLISH

04 ޖުލައި 2026

Advertisement

ނާޕޮލީގެ އައު ކޯޗުގެ މަގާމަށް އެލެގްރީ

04 ޖުލައި 2026

|

އިސްމާއިލް ޝާހު

ނާޕޮލީގެ އައު ކޯޗުގެ މަގާމަށް ހަމަޖެއްސި މަސިމިލިއާނޯ އެލެގްރީ --- ފޮޓޯ: ރޮއިޓަރސް

އިޓާލިއަން ލީގުގެ ނާޕޮލީގެ އައު ކޯޗުގެ މަގާމަށް މަސިމިލިއާނޯ އެލެގްރީ އައްޔަންކޮށްފިއެވެ. ނާޕޮލީން އެލެގްރީއާއެކު ސޮއިކޮށްފައިވަނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އުމުރުން 58 އަހަރުގެ އެލެގްރީއަކީ އިޓަލީގައި އުފެދުނު އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ ޔުވެންޓަސް އަދި އޭސީ މިލާނާއެކު ހޭދަކުރި ކާމިޔާބު ދުވަސްތަކުގައި ހަ ފަހަރު އިޓާލިއަން ލީގުގެ ތަށި ހޯދައި، ހަތަރު ފަހަރު ޑޮމެސްޓިކް ޑަބަލް (ލީގާއި، ކަޕް) ކާމިޔާބުކޮށްފައެވެ.

އެލެގްރީ ނާޕޮލީއާ ގުޅުނީ އޭސީ މިލާނުގައި އޭނާ ހޭދަކުރި ދެވަނަ ދައުރު އެންމެ ސީޒަނަކަށްފަހު، މިދިޔަ މެއި މަހު ނިމުމަކަށް އައުމުންނެވެ. ސީޒަނުގެ ފަހުކޮޅު ޓީމުގެ ނަތީޖާތައް ދަށްވުމާ ގުޅިގެން، މިލާނުގެ އެމެރިކާގެ ވެރިން ކަމަށްވާ ރެޑްބާޑް ކެޕިޓަލް ޕާޓްނާސްއިން އެ ސީޒަނަކީ "ބޮޑު ނާކާމިޔާބީއެއް" ކަމަށް ސިފަކޮށް އޭނާ މަގާމުން ވަކިކުރީއެވެ.

ސީޒަނުގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި ކަލިއާރީ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެން މިލާނަށް ލީގުގެ ފަސްވަނަ ލިބުނުއިރު، ޔޫރަޕްގު ހަތް ފަހަރުގެ ޗެމްޕިއަނުންނަށް ވިދިވިދިގެން ދެވަނަ ސީޒަނެއްގައި ޗެމްޕިއަންސް ލީގުން ފުރުސަތު ވަނީ ގެއްލިފައެވެ.

ނާޕޮލީގައި އެލެގްރީ މަސައްކަތް ކުރާނީ، އެ ޓީމު ލީގުގެ ދެވަނައަށް ގެންގޮސްދިނުމަށްފަހު ކުލަބު ދޫކޮށްލި އެންޓޯނިއޯ ކޮންޓޭގެ ބަދަލުގައެވެ. ނިމިދިޔަ ސީޒަނުގެ ޗެމްޕިއަންކަން ހޯދީ އިންޓަރ މިލާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު