ENGLISH
04 ޖުލައި 2026
ވޯލްޑް ކަޕުން އަލްޖީރިއާ ކެޓުމާއެކު، މަހްރޭޒް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
03 ޖުލައި 2026
|
އަލްޖީރިއާގެ ކެޕްޓަން ރިޔާދު މަހްރޭޒް --- ފޮޓޯ: ެގެޓީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 އިން އަލްޖީރިއާ ކަޓައިގެން ދިޔުމާއެކު، އެ ޓީމުގެ ކެޕްޓަން ރިޔާދު މަހްރޭޒް ބައިނަލްއަގުވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ. މަހްރޭޒް ކަށަވަރުކޮށްދިން ގޮތުގައި، ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗަކީ އޭނާގެ ބައިނަލްއަގުވާމީ ކެރިއަރުގެ އެންމެ ފަހު މެޗެވެ.
މެޗަށް ފަހު ކެޕްޓަން މަހްރޭޒް ޤައުމީ ޓީމުން ވަކިވާން ނިންމިކަން ހާމަކުރުމާއެކު، 10 އަހަރަށް ވުރެ ގިނަ ދުވަސްވީ އޭނާގެ ފަޚުރުވެރި ފުޓްބޯޅަ ކެރިއަރަށް ނިމުން އައީއެވެ. އޭނާއަކީ އަލްޖީރިއާގެ ތާރީޚު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.
"މިއީ ޤައުމީ ޓީމަށް އަހަރެން ކުޅެދިން އެންމެ ފަހު މެޗު،" ރަސްމީކޮށް ރިޓަޔާކުރިކަން ހާމަކުރަމުން އުމުރުން 35 އަހަރުގެ މަހްރޭޒް ބުންޏެވެ.
ސައުދީ އަރަބިއްޔާގެ އަލް-އަހްލީއަށް ކުޅެމުން އަންނަ މަހްރޭޒަކީ އަލްޖީރިއާގެ ފުޓްބޯޅަ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޤައުމީ ޓީމަށް ކުޅުނު 119 މެޗުގައި 40 ލަނޑު ޖަހައިދީފައެވެ. މިއީ އިސްލާމް ސިލިމާނީ ފިޔަވައި އެ ޤައުމުގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރިކޯޑެވެ.
މަހްރޭޒަކީ ހަމައެކަނި ލަނޑު ޖަހާ ކުޅުންތެރިއެއް ނޫނެވެ. އޭނާ ވަނީ ގިނަ ލަނޑުތަކެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީ، ފާއިތުވި 10 އަހަރު އަލްޖީރިއާ ހޯދި ބޮޑެތި ކާމިޔާބީތަކުގައި އިސް ދައުރެއް އަދާކޮށްފައެވެ.