ENGLISH
04 ޖުލައި 2026
އެއިޓީން ތާޓީ ކްލަސިކް: ސްޓެލްކޯ އާއި އެޗްޑީސީއަށް ރަނގަޅު ފެށުމެއް
03 ޖުލައި 2026
|
އެއިޓީން ތާޓީ ކްލަސިކުގައި ސްޓެލްކޯ އާއި އެމްއޭސީއެލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަަބް މޯލްޑިވްސްގެ އަންހެން ޑިވިޝަނުގެ ދެވަަނަ ފަންތީގެ މުބާރާތް، އެއިޓީން ތާޓީ ކްލަސިކް 2026 ގެ ފެށުން ސްޓެލްކޯ ރެކްރިއޭޝަން ކުލަބާއި، ކުލަބު އެޗްޑީސީން ރަނގަޅުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަސިކް މުބާރާތުގައި 9 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ހަތަރު ޓީމެވެ.
މި މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް މިރޭ ކުޅުނުއިރު، ފުރަތަމަ މެޗުން ސްޓެލްކޯ މޮޅުވީ އެންމެ ފަހުގެ ރަނަރަޕް ޓީމު އެމްއޭސީއެލް އަތުން 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސްޓެލްކޯގެ ހަލީމަތު ހަސްނާ ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އައިޝަތު ދީނާ ވަސީމް، އާމިނަތު މައިހާ މޫސާ އަދި މަރިޔަމް ޒާނާ ޒަމީރެވެ. މި މެޗުގައި އެމްއޭސީއެލްއިން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ މިލްނާ އިބްރާހީމެވެ.
އެއިޓީން ތާޓީ ކްލަސިކުގައި އެޗްޑީސީ އާއި ބީއެމްއެލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ގްރޫޕުގެ އަނެއް މެޗުގައި މިރޭ އެޗްޑީސީން ވަނީ 8-2 ގެ ނަތީޖާއަކުން ޔުނައިޓެޑް ބީއެމްއެލް ބަލިކޮށްފައެވެ. މި މެޗުގައި އެޗްޑީސީގެ ކެޕްޓަން ފާތިމަތު ސާލިޔާ ހަތަރު ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ފިރުޝާނާ ނަސީރު، އާމިނަތު ރިސާލާ، ހަލީމަތު ހިޝްމާ އަދި ފަރަހު އަޙްމަދެވެ.
މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ.