ENGLISH
02 ޖުލައި 2026
ރެނެސްއަށް ކުޅެމުން އައި ޒުވާން ޑިފެންޑަރު ޖަކޭ ލިވަޕޫލަށް ސޮއިކޮށްފި
02 ޖުލައި 2026
|
ލިވަޕޫލަށް ސޮއިކުރި ފްރާންސްގެ ޒުވާން ޑިފެންޑަރު ޖެރެމީ ޖަކޭ ---
އެންމެ މަޤްބޫލު
ފްރާންސްގެ ރެނެސްއަށް ކުޅެމުން އައި ޒުވާން ޑިފެންޑަރު ޖެރެމީ ޖަކޭ ލިވަޕޫލަށް ސޮއިކޮށްފިއެވެ.
ފްރާންސްގެ 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ ޖަކޭ ލިވަޕޫލާ ގުޅޭނެކަން އެ ކުލަބުން އިއުލާންކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޖަކޭ ލިވަޕޫލާ ގުޅިފައިވަނީ 55 މިލިޔަން ޕައުންޑުގެ އަގަކަށެވެ. އަދި އިނާޔަތްތަކުގެ ގޮތުގައި އިތުރު 5 މިލިއަން ޕައުންޑް ދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.
އުމުރުން 20 އަހަރުގެ ޖަކޭ ލިވަޕޫލާއެކު އެއްބަސްވުމަކަށް އައިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ކޮނޑަށް އަނިޔާއެއް ލިބުނު ނަމަވެސް، އޭނާ ވަނީ މިހާރު ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. އަދި މިހާރު އޭނާ އަންނަނީ ފިޓްނަސް ރަނގަޅު ކުރުމަށްޓަކައި އަމިއްލައަށް ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.
ލިވަޕޫލްގެ ކުޅުންތެރިން އެނބުރި ކުލަބަށް އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހެވެ. އަދި ސީޒަނުގެ ކުރިން ބާއްވާ ޓުއަރ އެއްގައި ބައިވެރިވުމަށް އެ ޓީމުން މި މަހުގެ 20 ގައި އެމެރިކާއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ލިވަޕޫލަށް ރަސްމީކޮށް ސޮއިކުރުމަށްފަހު ޖަކޭ ބުނީ، "މިއީ އަހަރެން ދެކެމުން އައި ބޮޑު ހުވަފެނެއް. މިއީ ވަރަށް ތާރީޚީ ބޮޑު ކުލަބެއް. އަހަރެން މިހުރީ ވަރަށް އުފަލުން. ކުލަބުގެ ވަސީލަތްތައް ފެނުމުން، މިތަނުގައި އަހަރެންގެ މުސްތަގުބަލު އޮތްކަން އިހުސާސްކުރެވޭ. މިތަނަށް އަހަރެން ވަރަށް ހިތްހަމަޖެހޭ، އަދި ކުޅުން ފެށުމަށް މިހުރީ ވަރަށް ބޮޑަށް ކެތްމަދުވެފައި،" ކަމަށެވެ.
ޖަކޭއަކީ ރެނެސްގެ އެކެޑަމީން ތަމްރީނުވެގެން އައި ކުޅުންތެރިއެކެވެ. އޭނާ ވަނީ ފްރެންޗް ލީގުގައި އެ ޓީމަށް 33 މެޗު ކުޅެދީފައެވެ.