ENGLISH
04 ޖުލައި 2025
ދިވެހިރާއްޖެ އަލުން އާރާސްތުކުރެވިގެން ދިޔައީ އެންމެން ކުރި ބުރަ މަސައްކަތުން: އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން
26 ޑިސެމްބަރު 2024
|
ނޭޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އެންޑީއެމްއޭގެ ޗީޕް އެގްޒެކެޓިވް ހިސާން ހަސަން ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
ސުނާމީގެ ހާދިސާއިން އަރައިގަނެ ދިވެހިރާއްޖެ އަލުން އާރާސްތުކުރެވިގެން ދިޔައީ އެންމެން ކުރި ބުރަ މަސައްކަތުންކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އެންޑީއެމްއޭގެ ޗީޕް އެގްޒެކެޓިވް ހިސާން ހަސަން މިއަދު ވިދާޅުވެއްޖެއެވެ.
ހިސާން ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ވެސް ހިނގި އެންމެ ބޮޑު ގުދުރަތީ ކާރިސާގެ ބިޔަ ރާޅުގެ އަސަރު އޭރު މީހުން ދިރިއުޅުނު 199 ރަށުގެ ތެރެއިން 9 ރަށް ފިޔަވާ އެހެން ހުރިހާ ރަށަކަށް ކުރި ކަމަށެވެ. މި ކާރިސާގައި ރާއްޖެއިން 82 މީހުން ނިޔާވެފައިވާއިރު 26 މީހުން ގެއްލިފައިވެއެވެ. ސުނާމީގެ އަސަރު ރާއްޖެއަށް 15 ވަރަކަށް މިނެޓް ވަންދެން ކުރިއިރު 1300 މީހުންނަށް ވަނީ އެކި ވަރުގެ ޒަޚަމްތައް ލިބިފައެވެ. އަދި 22،000 މީހުންގެ ބޯހިޔާވަހިކަން ގެއްލުނެވެ. މި ކާރިސާއާ ގުޅިގެން ޖުމްލަ 13 ރަށަކުން މީހުން ހުސްކުރަން ޖެހުނެވެ.
"މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ މި ދެންނެވި އެއްބައިވަންތަކަމުގެ ވާހަކަ. ވިލުންތެރިކަމުގެ ވާހަކަ. ސުނާމީ ކާރިސާއަށް 20 އަހަރު ފުރިގެންދިޔައިރު މިއަދު މި ދިވެހިރާއްޖޭގައި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ގައުމީ އޮތޯރިޓީއެއް މިވަނީ ގާނޫނަކުން ގާއިމްކުރެވިފައި، ކާރިސާގެ ވަގުތު ކަންކަން އިންތިޒާމްކޮށް އެކި ފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތު ބަޔާންކުރާ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ޕްލޭންސް މިވަނީ އެކުލަވާލެވިފައި." - އެންޑީއެމްއޭގެ ޗީޕް އެގްޒެކެޓިވް ހިސާން ހަސަން
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ ލޯންޗްކޮށްފައެވެ. މި ސްޓްރެޓެޖީ ލޯންޗްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުޙައްމަދު ލަތީފްއެެވެ.
މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ ރަޢީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުޙައްމަދު ލަތީފް ލޯންޗްކޮށްދެއްވަނީ / ފޮޓޯ: ރައީސް އޮފީސް
މި އިސްތިރާޖު ބިނާކުރެވިފައިވަނީ ގައުމީ ސިޔާސަތު ބައްޓަންކުރުމުގައި އިސްކަންދޭން މުހިންމު ހަތް ލަނޑުދަނޑިއެއްގެ މައްޗަށެވެ. އެއީ: