ENGLISH
14 ޑިސެމްބަރު 2025
ސީޒަނާ ދިމާކޮށް ޑިސްކަވަރ އެއާލައިންސްގެ ދަތުރުތައް އަލުން ރާއްޖެއަށް
14 ޑިސެމްބަރު 2025
|
ދަތުރުފަތުރުގެ ސީޒަނާ ދިމާކޮށް، ޑިސްކަވަރ އެއާލައިންސްގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށައިފިއެވެ.
ރާއްޖެއަށް ޑިސްކަވަރ އެއާލައިންގެ ދަތުރުތައް ފެށުން ފާހަގަކުރުމަށް މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ޑިސްކަވަރ އެއާލައިންގެ ކައުންޓަރުތައް ވަނީ ރަސްމީކޮށް ހުޅުވާފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ޑިސްކަވަރ އެއަރލައިސްއިން މާލެއާއި ފްރޭންކްފާޓާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޑިސްކަވަރ އެއާލައިންސް ގެ ޚިދުމަތް ދެމުންދާނީ ވީއައިއޭގެ އައު ޓަރމިނަލުންނެވެ.
މި އެއާލައިން މިއަދު ރާއްޖެއަށް އައުމާއެކު، ވޯޓަރ ސެލިއުޓް އަރުވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ، މުޖުތަބާ ލަތީފްގެ އިތުރުން އެމްއޭސީއެލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން، ޑިސްކަވަރ އެއާލައިންސް އިން ރާއްޖެ އައި ފަތުރުވެރިންނަށް މަރުހަބާ ދެންނެވިއެވެ.