ENGLISH
01 ޖޫން 2026
މައިންބަފައިންނަށް ބޭނުންވާ ޖާގައާއި މަދަދު ފޯރުކޮށްދެމާ: ފަސްޓް ލޭޑީ
01 ޖޫން 2026
|
ފަސްޓްލޭޑީ ސާޖިދާ މުހައްމަދު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މައިންބަފައިންގެ ޒިންމާ އަދާކުރުމަށް ބޭނުންވާ ޖާގައާއި މަދަދު އެންމެން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ޖޫން މަހުގެ އެއްވަނަ ދުވަހުގައި ފާހގަކުރާ ބައިނަލްއަގުވާމީ މައިންބަފައިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި އެކަމަނާ ޝާއިއުކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވީ، މައިންބަފައިންގެ ލޯތްބާއި ކެތްތެރިކަމާއި ގުރުބާނީއަކީ އަޅުގަނޑުމެންގެ ކުޑަކުދިންގެ ދިރިއުޅުމަށް ކާނާދީ ދިރުންދޭ ކަންކަން ކަމަށެވެ.
އަދި ބައިނަލްއަގުވާމީ މައިންބަފައިންގެ ދުވަހުގައި ހުރިހާ މައިންބަފައިންނާއެކު ހުންނެވިކަން ހާމަކުރައްވަމުން ފަސްޓްލޭޑީ ވިދާޅުވީ މައިންބަފައިން ދަރިންނަށްޓަކައި ހުސްވެގެން ތިބޭ ތިބުމަކީ ބަދަހި އާއިލާތަކާއި އޯގާތެރި މުޖުތަމައެއްގެ އަސާސް ކަމަށެވެ.
އަދި ދިވެހިންގެ ގޮތުން ދިވެހި މުޖުތަމައުތަކުގެ ހިތްކަމުގައިވާ އާއިލީ ގުޅުންތައް ހުުރިހާ އެންމެންވެސް އަގުވަޒަންކުރާކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި މައިންބަފައިންނަށް ބޭނުންވާ ޖާގައާއި މަދަދު ފޯރުކޮށްދިނުމަށް އެކަމަނާ ގޮވައިލެއްވިއެވެ.
އިތުރަށް އެކަމަނާ އިލްތިމާސްކުރެއްވީ އަޅައިލުމާއި ހިމާޔަތާއި ފަހި ފުރުސަތުތަކުގެ ތެރޭގައި ކޮންމެ ކުއްޖަކުވެސް ބޮޑުވާކަން ކަށަވަރުކުރުމުގައި މައިންބަފައިން އަދާކުރާ މުހިއްމު ދައުރު އިހުތިފާލުކޮށް ފާހަގަކުރުމަށެވެ.
ބައިނަލްއަގުވާމީ ގޮތުން މައިންބަފައިންގެ ދުވަހުގެ ގޮތުގައި ޖޫން މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަން އެކުވެރި ދައުލަތްތަކުން ނިންމާފައިވަނީ، ދަރިން ތަރުތިބިއްޔަތުކުރުމާއި އާއިލާތައް ހިމާޔަތްކުރުމުގައި މައިންބަފައިން ކުރާ މަސައްކަތްތައް އަގުވަޒަންކުރުމަށެވެ.