ENGLISH

01 ޖޫން 2026

Advertisement

އާއިލާތަކުގެ ބިންގާތައް ހަރުދަނާކޮށްދެނީ މައިންބަފައިން އުމުރުދުވަހު ވަމުންދާ ގުރުބާނީ: ރައީސް

01 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

އާއިލާތަކުގެ ބިންގާތައް ހަރުދަނާކޮށްދެނީ މައިންބަފައިން އުމުރުދުވަހު ވަމުންދާ ގުރުބާނީތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މައިންބަފައިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ މި ދުވަހުގައި އަމިއްލަ އެދުމެއްނެތި މައިންބަފައިން ދަރިންގެ ހިދުމަތުގައި ތިއްބަވާ ތިއްބެވުން ފާހަގަކޮށް އެ އިލްތިޒާމުގެ އަގުވަޒަންކުރުމުގެ ދުވަސް ކަމަށެވެ. 

އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވީ އާއިލާތަކުގެ ބިންގާ ހަރުދަނާވަނީ މައިންބަފައިން އެމީހުންގެ އުމުރުދުވަހު ދަރިންނަށްޓަކައި ވަމުންދާ ގުރުބާނީތަކުގެ ސަބަބުން ކަމެވެ. އަދި މައިންބަފައިންގެ ލޯތްބާއި ވިލުންތެރިކަމުން ބައްޓަންކުރަނީ އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލު ކަމަށެވެ. 

އަދި މައިންބަފައިންގެ ލޯތްބަކީ ގައުމު ވަރުގަދަކޮށްދޭ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދިވެހި މުޖުތަމައުގައި މައިންބަފައިންގެ މުހިއްމު ހައްސާސް ދައުރު ބަލައިގަންނަވާ ކަމަށެވެ. 

އަދި މި ސަރުކާރު ސާބިތުކަންމަތީ ދެމިއޮންނާނީ މައިންބަފައިންނަށް މަދަދުވެރިވެ، ކޮންމެ ކުއްޖެއްގެ މުސްތަގުބަލު ހިމާޔަތްކުރުމުގެ އަޒުމުގެ މަތީގައިކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި ތައުލީމާއި ސިއްހީ ފަރުވާއާއި، މި މުޖުތަމައުގެ މައިބަދައިގެ ގޮތުގައި ދިވެހީންގެ އާއިލީ ސަގާފަތް ނަގަހައްޓާ އިޖުތުމާއީ އެކި ޕްރޮގުރާމުތަކަށް ސަރުކާރުން އިންވެސްޓުކުރަމުންދާނެ ކަމަށެވެ. 

ބައިނަލްއަގުވާމީ ގޮތުން މައިންބަފައިންގެ ދުވަހުގެ ގޮތުގައި ޖޫން މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަން އެކުވެރި ދައުލަތްތަކުން ނިންމާފައިވަނީ، ދަރިން ތަރުތިބިއްޔަތުކުރުމާއި އާއިލާތައް ހިމާޔަތްކުރުމުގައި މައިންބަފައިން ކުރާ މަސައްކަތްތައް އަގުވަޒަންކުރުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު