ENGLISH
14 ޑިސެމްބަރު 2025
ގައްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް
14 ޑިސެމްބަރު 2025
|
ގައްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް ދަނީ--ފޮޓޯ: އާރުޑީސީ
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، ގދ. ގައްދޫގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދަނީ ފުޓިންގ މާކް ކުރުމުގެ މަސައްކަތް ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
އާރުޑީސީން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ސެންޓަރުގެ ވަށައިގެން ބައުންޑަރީ ފެންސް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އާރުޑީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗް މަހުގަ އެވެ. ސަރުކާރުން މި މަޝްރޫއަށް 4.6 މިލިއަން އަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެ އެވެ.
ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފިޓްނަސް ސެންޓަރުތައް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިފަދަ ސެންޓަރުތަކުގެ ބޭނުމަކީ، ދިވެހިންނަކީ ދުޅަހެޔޮކަމަށް ލޯބިކުރާ އެކަމަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމެވެ.
އާރުޑީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަމުންނެވެ.