ENGLISH
16 ޖޫން 2026
ޕޯޓަލަށް ދިމާވި މައްސަލަ ހައްލުކޮށް ފޯމް ހުށައަޅަން އިތުރު ދެ ގަޑިއިރު ދީފި
15 ޖޫން 2026
|
ޕޯޓަލަށް ދިމާވި މައްސަލަ ހައްލުކޮށް ފޯމް ހުށައަޅަން އިތުރު ދެ ގަޑިއިރު ވަނީ ދީފައި --
އެންމެ މަޤްބޫލު
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން" ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެޕްލިކޭޝަން ހުށަހެޅުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑުނު ނަމަވެސް މައްސަލަ ހައްލުކޮށް ފޯމް ހުށައަޅަން އިތުރު ވަގުތު ދީފި އެވެ.
މިއީ ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފަހު ރެ އެވެ. އެ ފުރުސަތު އޮތީ މިރޭގެ 11:59 ގެ ނިޔަލަށެވެ.
ނަމަވެސް މިރޭ 10:30 ހާއިރު ޕޯޓަލް ވަނީ ޑައުންވެފަ އެވެ.
ހައުސިން މިނިސްޓްރީން ބުނީ "ބޯހިޔާވަހިކަން" ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެޕްލިކޭޝަން ހުށަހެޅުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑުނީ ކަމަށެވެ.
މި މައްސަލަ ޙައްލުކުރުމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން އެކަން ހައްލުކޮށް މިހާރު ފޯމް ހުށައެޅޭ ގޮތް ހަދާފައިވާ ކަމަށް ބުންޏެވެ. އަދި ބުނީ ފޯމް ހުށައަޅަން އިތުރު ދެ ގަޑިއިރު ދީފައިވާ ކަމަށެވެ. އެހެން ކަމުން މިރޭ 2:00 އާ ހަމައަށް ފޯމް ހުށައެޅޭނެ އެވެ.
ޕޯޓަލް ޑައުންވީ އެންމެ ފަހު ވަގުތު ގިނަ ބަޔަކު ފޯމް ހުށައަޅަން މަސައްކަތް ކުރުމުން ކަމަށް ބެލެވެ އެވެ.