ENGLISH

16 ޖޫން 2026

Advertisement

"ބޯހިޔާވަހިކަން" ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް: މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

15 ޖޫން 2026

|

އަޙުމަދު ޙަމީދު

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން" ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެޕްލިކޭޝަން ހުށަހެޅުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިއްޖެ އެވެ.

މިއީ ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފަހު ވަގުތެވެ. އެ ފުރުސަތު އޮތީ މިރޭގެ 11:59 ގެ ނިޔަލަށެވެ.

ނަމަވެސް މީގެ ކުޑައިރުކޮޅެއްގެ ކުރީން ފެށިގެން ޕޯޓަލް ވަނީ ޑައުންވެފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ "ބޯހިޔާވަހިކަން" ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެޕްލިކޭޝަން ހުށަހެޅުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށެވެ.

‏މި މައްސަލަ ޙައްލުކުރުމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ދަނީ މަސައްކަތް ކުރަމުން ކަަމަށާ އަދި މައްސަލަ ޙައްލުވިހާ އަވަހަކަށް އެކަން ޢާންމުކޮށް އަންގާނެ ކަމަށެވެ.

“މި ކަމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ،” މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު