ENGLISH
15 ޖޫން 2026
ހިޖުރީ އައު އަހަރުގެ ތަޙުނިޔާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވައިފި
15 ޖޫން 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މި ފެށުނު ޙިޖުރީ އައު އަހަރުގެ ހެޔޮ އެދުމާ ތަހުނިޔާ ފޮނުއްވައިފި އެވެ.
ހިޖުރީ އައު އަހަރުގެ ތަޙުނިޔާ ފޮނުއްވާ އެކަމަނާ ފޮނުއްވެވި މެސެޖުގައި ވިދާޅުވީ ނިމިދިޔަ އަހަރު ދިވެހި ޤައުމާއި ރައްޔިތުންނަށް ދެއްވި ނިޢުމަތްތަކަށް ޙަމްދާއި ޝުކުރުކުރަމުން، ހިޖުރީ 1448 ވަނަ އަހަރަށް މަރްޙަބާ ދަންނަވާ ކަމުގަ އެވެ.
އަދި މިއަހަރުގެ އެންމެހާ ހެވަކާއި ލާބަޔެއްގައި ދިވެހި ލޮބުވެތި ރައްޔިތުން ޝާމިލްކުރެއްވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވެސް ވަނީ މި ފެށުނު ޙިޖުރީ އައު އަހަރުގެ ހެޔޮ އެދުމާ ތަހުނިޔާ ފޮނުއްވާފަ އެވެ.
މި ތާރީޚީ އަދި އުފާވެރި މުނާސަބާގެ ހެޔޮ އެދުންތައް ފޮނުއްވާ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މި ފެށުނީ ތާރީޚީ އަހަރެއް ކަމަށެވެ. މިއީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރުމުގެ މުނާސަބާ އަޅުގަނޑުމެންނާ ބައްދަލުކުރާނެ ޚާއްޞަ އަހަރު ކަމުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި އިސްލާމްކަމުގެ ނިޢުމަތުގައި ދިވެހި ޤައުމު އެތައް ސަތޭކަ އަހަރަކަށް ލެހެއްޓެވީތީ ގަދަކީރިތިވަންތަ މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރަމުން، ދިވެހި ޤައުމަށް ހަމަޖެހުމަށް އެދިވަޑައިގެންނެވި އެވެ.
އަދި ދިވެހި ކޮންމެ ރައްޔިތަކަށްމެ މި އަހަރަކީ ބަރަކާތާއި ރަޙްމަތުން ފުރިގެންވާ އަހަރަކަށް ވުން އެދި ދުޢާކުރައްވާ ކަމުގައި ވިދާޅުވެފައިވެ އެވެ.