ENGLISH
15 ޖޫން 2026
ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުން: މާފުށީ ޖަލުގައި ބެގެޖް ސްކްރީނިން މެޝިން ބޭނުންކުރަން ފަށައިފި
15 ޖޫން 2026
|
މާފުށީ ޖަލުގައި ބެގެޖް ސްކްރީނިން މެޝިން ބޭނުންކުރަން ފެށުން --
އެންމެ މަޤްބޫލު
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި އަލަށް ބަހައްޓާ ބެގެޖް ސްކްރީނިންގ މެޝިން، ބޭނުންކުރަން ފަށައިފި އެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި އެކަން އިފްތިތާހުކޮށް ދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ހަދިޔާކޮށްދެއްވި ބެގެޖް ސްކްރީނިންގ މެޝިނަކީ، ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު މެޝިނެކެވެ. އަދި މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިނެވެ.
މި މެޝިން ބޭނުންކުރާގޮތުގެ ތަމްރީން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ދޭނެ އެވެ. އަދި ބެގެޖް ސްކްރީންކުރުމަށް ބޭނުންވާ ޚާއްސަ ތަމްރީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ދޭނެ އެވެ.
މި މެޝިން މެދުވެރިކޮށް ޤައިދީންނާއި ބަންދުމީހުން ޖަލަށް އަލަށް އަންނަ އިރު ގެންނަ ތަކެތި، އެފަރާތްތަކަށް ޢާއިލާއިން ފޮނުވާ ތަކެތި އަދި ޢާއިލީ އާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތަކެތި ސްކްރީން ކުރެވިގެންދާނެ އެވެ.
ޖަލުތަކަށް މަނާތަކެތި ވެއްދުމުގެ މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.