ENGLISH
15 ޖޫން 2026
މި އަހަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ފާގަތި އަހަރަކަށް ވެގެންދާނެ: ވަޒީރު ޝަހީމް
15 ޖޫން 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ވަޒީރު ޝަހީމް --
އެންމެ މަޤްބޫލު
ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށިގެން ދާއިރު، މި އަހަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ފާހަގަތި އަހަރަކަށް ވެގެންދާނެ ކަމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ޙިޖުރީ އައު އަހަރުގެ ހެޔޮ އެދުމާ ތަހުނިޔާ މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގަ އެވެ. ވަޒީރު ވަނީ މުހިންމު ބައެއް ކަންކަން ފާހަގަ ކުރައްވާފަ އެވެ.
އެގޮތުން މި އަހަރު ޒުވާން ޚަޠީބުންގެ ޢަދަދު ހާހަކަށް އަރާނެ ކަމުގައި ވިދާޅުވި އެވެ. އަދި ޙާފިޒުންގެ ޢަދަދު 350 އަށް ގާތްކުރާނެ ކަމުގައި ވިދާޅުވި އެވެ. ބިޔަ ބޮޑު ވަޤުފު ބިނާތައް ނިމޭނެ ކަމަށާ ވަޤުފު ފަންޑާއި ޒަކާތު ފަންޑު އިތުރުވެ ފަށާފައިވާ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް ނިމެންގާތްވާނެ ކަމުގައި ވިދާޅުވި އެވެ.
އަދި އުންމީދަކީ ހުޅުމާލެގައި ބިނާކުރެވޭ ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް ފެށިގެން ދިއުމާއި އަތޮޅުތަކާއި ހުޅުމާލެގައި ބިނާކުރަމުންދާ ދާއިމީ ގިނަ މިސްކިތްތަކެއް ނިމި ހުޅުވިގެން ދިއުން ކަމުގައި ވިދާޅުވި އެވެ. މި ނޫނަސް ގިނަ ކުރިއެރުންތަކެއް މި އަހަރު އިސްލާމީ ދާއިރާއަށް އަންނާނެ ކަމުގައި ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ 1448 ވަނަ އަހަރަކީ ރާއްޖެ އިސްލާމީ ހިދާޔަތުގެ ޤަބޫލުކުރިތާ 900 އަހަރުވާ އަހަރު ކަމުން، ކުރިއަށް އޮތް އިސްލާމީ ޤަރުނަށް ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ އަސާސްތައް ވަރުގަދަ ކުރުމުގެ ހަރުދަނާ ބިންގާތަކެއް އެޅިގެންދާނެ އަހަރު ކަމަށެވެ.
"އަޅުގަނޑުމެންގެ ޢަޒުމަކީ ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓާނެ ހަރުދަނާ ޖީލަކާއި ވަރުގަދަ އިސްލާމީ ޢުމްރާނީ ކުރިއެރުން ގެނައުން. މާތް ﷲ ތައުފީޤު ދެއްވާށި. އާމީން،" ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.