ENGLISH

15 ޖޫން 2026

Advertisement

ރައީސުލްޖުމްހޫރިއްޔާ، ހިޖުރީ އައު އަހަރުގެ ހެޔޮ އެދުމާ ތަހުނިޔާ ފޮނުއްވައިފި

15 ޖޫން 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި ފެށުނު ޙިޖުރީ އައު އަހަރުގެ ހެޔޮ އެދުމާ ތަހުނިޔާ ފޮނުއްވައިފި އެވެ.

މި ތާރީޚީ އަދި އުފާވެރި މުނާސަބާގެ ހެޔޮ އެދުންތައް ފޮނުއްވާ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މި ފެށުނީ ތާރީޚީ އަހަރެއް ކަމަށެވެ. މިއީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރުމުގެ މުނާސަބާ އަޅުގަނޑުމެންނާ ބައްދަލުކުރާނެ ޚާއްޞަ އަހަރު ކަމުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި އިސްލާމްކަމުގެ ނިޢުމަތުގައި ދިވެހި ޤައުމު އެތައް ސަތޭކަ އަހަރަކަށް ލެހެއްޓެވީތީ ގަދަކީރިތިވަންތަ މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރަމުން، ދިވެހި ޤައުމަށް ހަމަޖެހުމަށް އެދިވަޑައިގެންނެވި އެވެ.

އަދި ދިވެހި ކޮންމެ ރައްޔިތަކަށްމެ މި އަހަރަކީ ބަރަކާތާއި ރަޙްމަތުން ފުރިގެންވާ އަހަރަކަށް ވުން އެދި ދުޢާކުރައްވާ ކަމުގައި ވިދާޅުވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު