ENGLISH
14 ޑިސެމްބަރު 2025
ކުނބުރުދޫ ޕޮލިސް ޕޯސްޓުގެ ތަނބުތަކުގެ މަސައްކަތް ނިމިއްޖެ
14 ޑިސެމްބަރު 2025
|
ކުނބުރުދޫ ޕޮލިސް ޕޯސްޓްގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އާރުޑީސީ
އދ. ކުނބުރުދޫގައި ޕޮލިސް ޕޯސްޓް ބިނާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުގައި ބުނީ އިމާރާތުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ކުނބުރުދޫގައި ފުލުހުންގެ ޕޮލިސް ޕޯސްޓްގެ ބިންގާ އަޅާފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ އދ. އަތޮޅަށް މި މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސުލްޖުމާހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
ސަރުކާރުން އަންނަނީ ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ހެދުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކީވެސް އަމަންއަމާންކަމާއި، ސުލްޙަ މަސަލަސްކަން ކަށަވަރުވެފައިވާ ރަށަކަށް ހެދުމެވެ.