ENGLISH
14 ޑިސެމްބަރު 2025
ބީއެމްއެލްގެ މިއަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމަށް ހޮވުނު 25 ދަރިވަރުންނަށް މަރުހަބާ ކިޔައިފި
14 ޑިސެމްބަރު 2025
|
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމަށް ހޮވުނު 25 ދަރިވަރުންނަށް މަރުހަބާ ކިޔައިފިއެވެ.
ގްރެޖުއޭޓް އިންޓަރންސް އަދި ޓެކްސްޓާޓް އިންޓަރންސް އަށް މަރުހަބާ ކިޔުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.
ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމަކީ އަލަށް ގްރެޖުއޭޓްވާ ދަރިވަރުންނަށް ވަޒީފާގެ މާހައުލުގައި ފުރުސަތުތައް ފަހިކޮށްދިނުމާއި ތަޖުރިބާ އިތުރުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ބީއެމްއެލް އިން ހުޅުވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ އެއް އަހަރެވެ.
ޓެކްސްޓާޓް އިންޓަރންޝިޕަކީ އައިޓީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް މިއަހަރު އަލަށް ތައާރަފްކުރި ކެޓަގަރީއެކެވެ. އެއް އަހަރުގެ ޕްރޮގްރާމްގައި ބައިވެރިންގެ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެއެވެ.
މި ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުން ވެސް ބައިވެރިވިއެވެ. މީގެތެރޭގައި ހިމެނޭ ބައެއް ދަރިވަރުންނަށް ބޭންކުގައި ދާއިމީ ވަޒީފާގެ ފުރުސަތު ވެސް ވަނީ ހަމަޖެހިފައެވެ.
މިއީ 2018 ވަނަ އަހރުން ފެށިގެނ ކޮންމެ އަހަރަކު ބީއެމްއެލް އިން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުން މިހާތަނަށް 77 ދަރިވަރުންނަށް ތަޖުރިބާގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ.