ENGLISH

01 ޖުލައި 2026

Advertisement

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އިންޑިއާ 4 މީހަކު ހައްޔަރުކޮށްފި

01 ޖުލައި 2026

|

އެމް އެމް ޓީމް

ކަސްޓަމްސް އިން އަތުލައިގަނެފައިވާ މަސްތުވާތަކެތި - ފައިލް ފޮޓޯ: ކަސްޓަމްސް

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އިންޑިއާ 4 މީހަކު ހައްޔަރުކޮށްފި އެވެ. 

މި 4 މީހުންގެ ތެރޭގައި ހިމެނެނީ އަމިތު ކުމާރު 36އ، ރާހުލް ނިޝާދު 23އ، އަނިލް ކުމާރު 26އ އަދި އާކާޝް ޔާދަވް 36އ އެވެ. މި 4 މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ދައުވާ އެވެ. މި 4 މީހުން ބަންދަށް ޖަހާފައިވަނީ 2 ދުވަހެވެ. 

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އަމިތު ކުމާރު ރާއްޖެއަށް އައިއިރު ގެނައި ލަގެޖެއްގައި މަސްތުވާތަކެތި އެތެރެކޮށްފައިވެއެވެ. އަދި މި މައްސަލައާއި ގުޅިގެން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގާފައިވެއެވެ. އަމުރުގައިވާ ގޮތުން މިއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ އަމަލެކެވެ. އަދި ގާތްގަނޑަކަށް 1 ކިލޯ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ހުއްޓެވެ. 

މި މައްސަލައިގައި ހިމެނޭ ރާހުލް، އަނިލް އަދި އާކާޝް އަކީ ރާއްޖެއަށް 1 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި އެތަކެއްޗާ ހަވާލުވާން ދިޔަ މީހެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. މި 4 މީހުން ވެސް ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ވަނީ ކަނޑައަޅުއްވާފައެވެ. 

މި 4 މީހުންނަށް ވެސް ކުރު ބަންދުގެ މުއްދަތެއް ދީފައިވަނީ ތަރުޖަމާނަކު ހަމަޖެހިފައި ނުވާތީ ކަމަށް ކޯޓުން ބުނެ އެވެ. 

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އިންޑިއާއަށް ނިސްބަތްވާ 4 މީހަކު ހައްޔަރުކޮށްފައިވާ އިރު، މި ފަހުން ރާއްޖެއަށް މަސްތުވާތަކެތުި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި އިންޑިއާ މީހުން ގިނަކަން ފާހަނގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު