ENGLISH

01 ޖުލައި 2026

Advertisement

ތުހުމަތުތަކަށް ހީނާގެ ރައްދު: އެމްއެމް ޓީވީ ހަދަން އެންސްޕާ އިން ހަރަދެއް ނުކުރަން

01 ޖުލައި 2026

|

އައިމިނަތު ޝަފާ

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިއަދުގެ މަޖިލީހުގެ ޖަލްސާގައި. ފޮޓޯ؛ މަޖިލިސް އިދާރާ.

އެމްއެމް ޓީވީ ހަދަން އެންސްޕާ އިން އެއްވެސް ހަރަދެއް ކޮށްފައެއްނުވާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދައިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ދެއްްވި ޖަވާބުގައި ވަޒީރު ވިދާޅުވީ އެމްއެމްޓީވީ ހަދަން އެންސްޕާގެ ބަޖެޓުން އެއްވެސް މިންވަރެއް ހަރަދުކޮށްފައި ނުވާނެކަމަށެވެ. 

"އަދި އެކަމާ ގުޅޭގޮތުން އިއްޒަތްތެރި މެމްބަރުންނަށް އެ މައްސަލަ ހިނގާފައިވާގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުންވެސް އަދި އޭސީސީން ތަހުގީގުކޮށް ނިންމާފައި އޮތް ރިޕޯޓުންވެސް،". ވަޒީރު ވިދާޅުވި އެވެ. 

އިދިކޮޅު ފަރާތްތަކުން ކުރި ތުހުމަތުތަކާ ގުޅިގެން މި ކަން ދޮގުކޮށް އެ އަހަރުގެ ނޮވެންބަރު މަހު އެންސްޕާގެ އިސްނެގުމަށް މި މައްސަލަ ބަލައިދިނުމަށް އޭސީސީގައި އެދިފައި ވެއެވެ.

މައްސަލައިގެ ފަސްފަހަތަށް ބަލާއިރު އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން މާލީ ވުޒާރާއިން ތަކުރާރުކޮށް އިއުލާނުކުރުމުން ވެސް އެކަމަށް އެދި ކުރިމަތިލީ ހަމައެކަނި އެމްއެމްޓީވީ ހިންގާ ކުންފުނިން އެކަންޏެވެ. އެހެންކަމުން އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން މާލީ ވުޒާރާއާއި އެމްއެމްޓީވީއާ އެކު ވެވުނު އެއްބަސްވުމުގެ ހުރިހާ މުއާމަލާތުތަކެެއް ހިނގާފައިވަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ނެވެ. 

މިކަމާ ގުޅިގެން އެމްއެމްޓީވީ ހިންގާ ކުންފުނިންވެސް ވަނީ އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތައް ދޮގުކޮށް އެމްއެމްޓީވީ  ވުޖޫދަށްގެނައުމަށް ކުރި މަސައްކަތުގައި ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ ފައިސާއެއް ބޭނުންކޮށްފައި ނުވާނެކަމަށް ބުނެފައެވެ. 

ތަކުރާރުކޮށް އެމްއެމްޓީވީގެ އަގުވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މަސައްކަތްތަކުގެ ސަބަބުން އެމްއެމްޓީވީ ހިންގާ ކުންފުނީގެ މެނޭޖުމަންޓުން އެދިގެން އެ އެގްރީމަންޓް ބާތިލުކޮށް، އެ މުއާމަލާތުގައި ފައިސާގެ އެއްވެސްކަމެއް ހިނގާފައިވާނަމަ އެ ފައިސާއެއް ރައްދުކޮށް މި މުއާމަލާތް ނިމުމަކަށް ގެނެސްފައިވާކަން ސާފުހެކިތަކުން ސާބިތުވެއެވެ. 

މި މަސައްކަތް ކުރީ ކުންފުނީގެ އިސް ވެރިންގެ އިސްނެގުމުގެ މަތިންނެވެ. އަދި މައްސަލައިގައި ކޮރަޕްޝަނަށް މަގުފަހިވާނެ އެެއްވެސް މުއާމަލާތެއް ހިނގާފައިވޭތޯ ބެލުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވިއެވެ. 

މި މައްސަލަ ތަހުގީގުކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައާއި އޭސީސީން މައްސަަލަ ތަހުގީގުކޮށް ނިންމި ރިޕޯޓުގައިވެސް ވަނީ އެމްއެމް ޓީވީ ހަދަން އެންސްޕާ އިން އެއްވެސް ހަރަދެއް ކޮށްފައިނުވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތައް ދޮގުކޮށްފައެވެ. 

ކަމާ ގުޅުންހުރި އިދާރާތަކުގެ ރިޕޯޓުތަކަށް ބަލައިފިނަމަ މި މައްސަލައިގައި އެމްއެމްޓީވީ ބަދުނާމުވާގޮތަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަން ސާބިތުވާނެއެވެ.  

ކިޔުންތެރިންގެ ހިޔާލު