ENGLISH

01 ޖުލައި 2026

Advertisement

ސަރުކާރުން ހިންމަފުށީގައި ތަރައްގީކުރި އައުޓްޑޯ ޖިމުގެ މަސައްކަތް ނިމިއްޖެ

01 ޖުލައި 2026

|

އާމިނަތު ނުޒްލާ

ހިއްމަފުށި އައުޓްޑޯ ޖިމް ނިމި ހުޅުވަން ތައްޔާރުވުން-- ފޮޓޯ: އެމްޓީސީސީ

ކ. ހިއްމަފުށީގައި އައުޓްޑޯ ޖިމެއް ގާއިމުކުރުމަށް ސަރުކާރުން ފެށި މަޝްރޫގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މައުލޫމާތު ދިންގޮތުގައި ބުނީ، ޖޫން މަހުގެ 13 ވަނަ ދުވަހު ހިއްމަފުށީ އައުޓްޑޯ ޖިމްގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ހިއްމަފުށި އައުޓްޑޯ ޖިމް ނިމި ހުޅުވަން ތައްޔާރުވުން - ފޮޓޯ: އެމްޓީސީސީ

މި އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ވެސް އެކަމިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫއުތަކަކީ ރައްޔިތުންގެ ޖިސްމާނީ، އަދި ނަފްސާނީ ޙާލަތު ރަނގަޅުކޮށް، ޢާއިލީ ގުޅުންތައް ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާގެން ކުރައްވަމުން އަންނަ މަސައްކަތްތަކެކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ އަމާޒުގެ ދަށުން ސަރުކާރުން ވަނީ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައެވެ.

މީގެ އިތުރުން އެޗްޑީސީން 71 ރަށެއްގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުމުގެ މަޝްރޫއުތައް މި މަސްތެރޭގައި ވަނީ ފަށާފައެވެ. އެގޮތުން މުޅިން އަލަށް 58 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރުމަށް ހަމަޖެހިފައި ވާއިރު، 13 ރަށެއްގައި އައުޓްޑޯ ޖިމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެޗްޑީސީ އިން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު