ENGLISH

01 ޖުލައި 2026

Advertisement

ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ސަޢުދީއާއެކު މަޝްވަރާކޮށްފި

01 ޖުލައި 2026

|

އާމިނަތު ނުޒްލާ

ސަޢުދީގެ ޑިފެންސް މިނިސްޓަރ ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުއާއެކު ވަޒީރު ޙަސަން ރަޝީދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރާއްޖެއާ ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުމާއި، ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރަށް ހަރުދަނާ ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި ދަތުރުފުޅަކީ ސަޢުދީގެ ޑިފެންސް މިނިސްޓަރ ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެތެރެއިން ވަޒީރު ޙަސަން ރަޝީދުވަނީ ސައުދީގެ ޑިފެންސް މިނިސްޓަރ ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދާ ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

https://x.com/kbsalsaud/status/2071935523195593173?s=46

ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ބުނެފައިވަނީ، މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުންނާއި، ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނުކަމަށް ބުނެފައިވެއެވެ.

ސައުދީ އަރަބިއްޔާއަށް ވަޒީރު ޙަސަން ރަޝީދު ކުރައްވަމުންދާ ދަތުރުފުޅުގައި ވަނީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) ގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރ މޭޖަރ ޖެނެރަލް ޢަބްދުﷲ ބިން ޙާމިދު އަލް-ޤުރައިޝީއާވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށް ގެންގޮސް، ދެގައުމުގެ ފަންނީ ގާބިލުކަން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު