ENGLISH
30 ޖޫން 2026
ތޯރިގު ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީ ސަރުކާރަށް ހުށަހަޅުއްވައިފި
30 ޖޫން 2026
|
ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅި އައު ސަފީރު ތޯރިގުގެ ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީއެއް ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އަންޑަސެކްރެޓަރީ އަށް އަރުވަނީ.-- ފޮޓޯ: ޔޫއޭއީ ފޮރިން މިނިސްޓްރީ.
އެންމެ މަޤްބޫލު
އެކުވެރި ޢަރަބި އިމާރާތަށް ކަނޑައެޅި ސަފީރު، ތޯރިގު އިބްރާހިމް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ސަރުކާރަށް ހުށަހަޅުއްވައިފިއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއިން އެ ގައުމަށް ކަނޑައެޅި އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީއެއް ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އަންޑަސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝާމްސީ އަށް އަރުވާފައިވާ ކަމަށެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ދެ ގައުމުގެ ލާބަޔާއި މަންފާއަށްޓަކައި ތަފާތު ދާއިރާތަކުން ދެ ގައުމުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުތރުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އަންޑަސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝާމްސީ ދެއްވިކަމަށް ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ރަސްމިއްޔާތުގައި ސަފީރު ތޯރިގް ދެއްކެވި ވާހަކަފުޅުގައި ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ލީޑާޝިޕްގެ ދަށުން އެ ގައުމުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ހޯދަމުން އަންނަ ކުރިއެރުންތަކަށް ތައުރީފުކުރައްވައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އެކި ދާއިރާތަކުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިކަމަށްވެސް ޔޫއޭއީގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ތޯރިގް މީގެ ކުރިން ހުންނެވީ ސަރުކާރުގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރުކަމުގެ މަގާމުގައެވެ.