ENGLISH

30 ޖޫން 2026

Advertisement

މިނާ ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

30 ޖޫން 2026

|

އާމިނަތު ނުޒްލާ

ބީޑްސް ބޭނުންކޮށްގެން އަތްތެރި މަސައްކަތް ކުރުން-- ފޮޓޯ: ލޯގަން ކްރާފްޓް

ޒުވާނުންނަށް ހާއްސަކޮށްގެން މިނާ ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ޚާއްސަ ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުސަތު، ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ބުނީ، މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގައި އަންނަ މަހުގެ 13 އަދި  14 ވަނަ ދުވަހު ކަމަށެވެ. ވިވޯކްޝޮޕް އަމާޒުކޮށްފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ.

މި ވޯކްޝޮޕްގެ އަމާޒަކީ ޒުވާނުންގެ ހުނަރުތައް ތަރައްގީކޮށް، އެ ހުނަރު ބޭނުންކުރުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދިނުމެވެ.

ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 20:00 އިން  23:00 އަށް އަށް ކުރިއަށްދާ މި ވޯކްޝޮޕަކީ އެއްވެސް ފީއަކާ ނުލައި ހިލޭ ބައިވެރިވެވޭނެ ޕްރޮގްރާމެއްކަމަށްވެސް ޒުވާނުންނާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ނުވަތަ މި ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު