ENGLISH
30 ޖޫން 2026
ސުކޫލު ބަންދާ ދިމާކޮށް މޯލްޑިވިއަނުން 2000 އަށްވުރެ ގިނަ އެތެރޭގެ ދަތުރުކުރާނެ
30 ޖޫން 2026
|
ގައުމީ އެއާލަައިންގެ މަތިންދާބޯޓެއްް. ފޮޓޯ؛މޯލްޑިވިއަން
އެންމެ މަޤްބޫލު
ކުރިއަށް އޮތް ސްކޫލް ބަންދުގައި ގައުމީ އެއާލައިން -- މޯލްޑިވިއަނުން 2000 އަށްވުރެ ގިނަ އެތެރޭގެ ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި ދަތުރުތަކަށް މިހާރުންސުރެ ކަސްޓަމަރުންނަށް ބުކް ކުރެވޭނެއެވެ.
"އެމްއެމްޓީވީ"އަށް މައުލޫމާތުދެމުން މޯލްޑިވިއަނުން ބުނީ މިއީ ޝެޑިއުލް ދަތުރުތަކަށް ބަލާއިރު 17 އިންސައްތައިގެ އިތުރުވުމެއްކަމަށެވެ. ސުކޫލު ބަންދުގައި 1،10،000 އަށްވުރެ ގިނަ ފަސިންޖަރުން އުފުލަންޖެހޭނެކަމަށް މޯލްޑިވިއަނުން އަންދާޒާކުރާއިރު ޝެޑިއުލް ދަތުރުތަކުގެ ތެރޭގައި 91،700 އަށްވުރެ ގިނަ ފަސިންޖަރުން އަދި 18،200 އަށްވުރެ ގިނަ ފަސިންޖަރުން އެޑިޝަނަލް ފްލައިޓްތަކުން އުފުލުމަށް އެ އެއާލައިނުން ވަނީ ތައްޔަރުވެފައެވެ.
މޯލްޑިވިއަނުން ބުނީ އެ ކުންފުނިން ކުރިއަށް އޮތް ސުކޫލު ބަންދުގައި އަޅާކޮންމެ ހަ ފްލައިޓަކުން އެއް ފްލައިޓް ވެގެންދާނީ އިތުރުކުރި ދަތުރަކަށްކަމަށެވެ.
މޯލްޑިވިއަނުން "އެމްއެމްޓީވީ"އާ ހިއްސާކުރި މައުލޫމާތުގައިވާގޮތުން ކުރިއަށް އޮތް ސުކޫލު ބަންދުގައި އެތެރޭގެ 18 މަންޒިލަކަށް އެ އެއާލައިނުން ދަތުރުތައް ކުރާނެއެވެ.
މޯލްޑިވިއަނުން ދަތުރުތައް ބާއްވާ މަންޒިލްތަކަކީ:
ބ. ދަރަވަންދޫ
ގދ. ފަރެސްމާތޮޑާ
ށ. ފުނަދޫ
ޏ. ފުވައްމުލައް
ސ. ގަން
ހދ. ހަނިމަދޫ
ހއ. ހޯރަފުށި
ރ. އިފުރު
ގއ. ކާނޑެއްދޫ
ލ. ކައްދޫ
ގއ. ކޫއްޑޫ
ހދ. ކުޅުދުއްފުށި
ނ. މާފަރު
ގއ. މާވަރުލު
ޅ. މަޑިވަރު
ކ. މާލެ
މ. މުލި
ތ. ތިމަރަފުށި
އީދު ބަންދުތެރޭގައި ވެސް އެ އެއާލައިނުން ވަނީ 1،200 އަށްވުރެ ގިނަ ދަތުރުކޮށްފައެވެ. އެގޮތުން މިދިޔަ އީދު ބަންދުގައި އެކަނިވެސް އެ އެއާލައިނުން 65،000 އަށްވުރެ ގިނަ ފަސިންޖަރުން އުފުލިއެވެ.