ENGLISH
30 ޖޫން 2026
ތ. ގުރައިދޫގެ ހިއްކި ސަރަހައްދުގައި ހިލަ ޖެހުމުގެ މަސައްކަތް ކުރިއަށް
30 ޖޫން 2026
|
ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ތ. ގުރައިދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކި ސަރަހައްދުގައި ހިލަ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޮޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަނީ ހިލަ ޖެހުމުގެ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫއަށް ބޭނުންވާ 17،000 ޓަނުގެ ހިލަ ސައިޓަށް ގެންގޮސްފައިވެއެވެ.
ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް-- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއަކީ 106.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން 13.80 ހެކްޓަރުގެ ބިން ހިއްކުމާއި، 979 ސަރަހައްދުގައި ހިލަ ރިވެޓްމެންޓު ޖެހުމާއެކު، 609 މީޓަރުގެ ސަރަހައްދުގައި ޖިއޯބޭގް ޖެހުމުގެ މަސައްކަތްކުރާނެއެވެ.
މަޝްރޫޢުގެ ދަށުން؛
އެމްޓީސީސީން ބުނީ އާބާދީގައި 2272 މީހުން ދިރިއުޅޭ ގުރައިދޫގައި އަކީ އަތޮޅުގައި ވިޔަފާރީގެ މުހިއްމު މަރުކަޒެއް ކަމަށެވެ. އެރަށަކީ އާމްދަނީ ހޯދުމަށް ރައްޔިތުން ގިނަ މަސައްކަތްތަކެއް ކުރާ ރަށެކެވެ. އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ ވަޒީފާތަކުގައި އެރަށުގެ ރައްޔިތުން ހަރަކާތްތެރިވެއެވެ.
ގުރައިދޫގައި އެއަރޕޯޓް އެޅުމުން ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު ލުއިފަސޭހަކަމެއް ލިބި، އެރަށުގެ ގެސްޓްހައުސް ވިޔަފާރިއަށް ކުރިއެރުން ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ގެސްޓްހައުސް ވިޔަފާރިއާއި ފަތުރުވެރިކަން އެސަރަޙައްދުގައި ތަރައްޤީވުމުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.