ENGLISH
30 ޖޫން 2026
މަސްވެރިން ދަފުތަރުކޮށް މާލީ ނިޒާމުގެ ތެރެއަށް؛ 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
30 ޖޫން 2026
|
މަސްވެރިކަން ކުރާ ބައެއް
އެންމެ މަޤްބޫލު
ދައުލަތުގެ އިދާރާތަކަށް ރަސްމީ ސިފައެއްގައި މަސްވެރިންނަކީ ކޮބައިކަން އެނގޭނެ ނިޒާމެއް ގާއިމުކުރުމަށް އުފެއްދި މަސްވެރިންގެ ދަފުތަރުގައި މިހާރު މަސްވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ އުޅަނދެއްގައި މަސައްކަތްކުރާ މަސްވެރިން ދަފުތަރުކޮށް މަސްވެރިންނަށް 13 މިލިއަން ރުފިޔާގެ ލޯނު ބޭންކުތަކުން ދޫކޮށްފިއެވެ.
މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި ލޯނު ލިބޭގޮތް ކަނޑައަޅާ ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. މަސްވެރިކަމުގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އިން ލޯނު ދޫކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މި ލޯނުތައް ދޫކުރަމުން ދަނީ، ބީއެމްއެލް މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން "އެމްއެމްޓީވީ" އަށް ބުނީ މި ދަފްތަރުގައި އާއްމުކޮށް މަސްވެރިކަން ކުރާ ހުރިހާ ދޯނިތައް ރަޖިސްޓްރީވެފައިވާކަމަށެވެ. ލޯނު ދޫކުރަން ފެށިފަހުން މިހާތަނަށް މަސްވެރިންގެ ގައުމީ ދަފްތަރުގައި ދަފްތަރުކުރެވިފައިވާ މަސްވެރިންނަށް 13 މިލިއަން ރުފިޔާ ދޫކުރިއިރު 106 ލޯނު ފާސްކޮށްދީފައިވާކަމަށް ވެސް ވުޒާރާއިން ބުންޏެވެ.
މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއެއްކަމުގައި ހެދުމަށްޓަކައި، މަސްވެރިންގެ ގައުމީ ދަފްތަރު 16 ފެބްރުއަރީ 2024 ގައި އިފްތިތާހުކޮށްފައިވަނީ ށ. ކޮމަންޑޫގައެވެ. މިއީ ގައުމީ ފެންވަރެއްގައި ރާއްޖޭގައި މަސްވެރިންގެ ރަސްމީ ދަފްތަރެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.
މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާސިލުވުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައިވެއެވެ. މި އައު އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބޭނުންނުވެ 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބޭނެއެވެ.
މަސްވެރިންގެ ގައުމީ ދަފްތަރާއެކު މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާއިރު ރިޔާސީ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް އަންނަނީ މިހާރު ފައިސާ ދޫކުރަމުންނެވެ.