ENGLISH

29 ޖޫން 2026

Advertisement

އައިޔޫއެމްގައި އަލަށް ކިޔަވަންފަށާ ދިވެހި އަދި ބޭރުގެ ދަރިވަރުންގެ ސްކޮލަރޝިޕަށް ހުޅުވާލައިފި

29 ޖޫން 2026

|

އާމިނަތު ނުޒްލާ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ-- ފޮޓޯ: އައިޔޫއެމް

ދިވެހިރާއްޖޭގައި އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި ކިޔަވާ ދަރިވަރުންނަށްދޭ ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު އެ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ.

އައިޔޫއެމްގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން އެ ޔުނިވަރސިޓީގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވަނީ 20 ސްކޮލަރޝިޕެވެ. އެއީ މާސްޓަރސްއަށް ކިޔަވަން ދޭ ފަސް ސްކޮލަރޝިޕާއި، ބެޗްލާސް ޑިގްރީއަށް ކިޔަވަންދޭ ފަސް ސްކޮލަރޝިޕްގެ އިތުރުން އެޑްވާންސް ސެޓްފިކެޓް ފެންވަރަށް ކިޔަވަންދޭ 10 ސްކޮލަރޝިޕްގެ ފުރުސަތެވެ.

އައިޔޫއެމްގައި ކިޔަވާ ބޭރުގެ ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވަނީ މާސްޓަރސް ހަދަންދޭ ތިން ސްކޮލަރޝިޕާއި ބިޗްލާސް ޑިގްރީ ހަދަން ދޭ ދެ ސްކޮލަރޝިޕްގެ ފުރުޞަތެވެ.

އައިޔޫއެމްއިން ބުނީ، އެ ޔުނިވަރސިޓީގެ ސްކޮލަރޝިޕް ދެނީ އެ ޔުނިވަރސިޓީގައި ހިންގާ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް ކަމަށެވެ. މި ސްކޮލަޝިޕްތަކަށް ހުށައެޅުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހެވެ.

ސްކޮލަޝިޕް ދިނުމުގެ ޝަރުޠު ތަކުގެ ތެރޭގައި ހިމެނެނީ:

  • ދެވަނަ ޓާމުގައި އައިޔޫއެމްގައި އަލަށް ކިޔަވަން ރަޖިސްޓްރީކޮށްފައިވާ ދަރިވަރަކު ކަމުގައިވުން
  • ފުލްޓައިމް މޯޑުގައި ކިޔަވާ ދަރިވަރަކު ކަމުގައިވުން
  • އެހެން އެއްވެސް ސްކޮލަރޝިޕެއް ލިބި އެ ސްކޮލަރޝިޕް ހިނގަމުން ނުދިޔުން
  • މީގެ ކުރިން ޔުނިވަރސިޓީގެ އެއްވެސް ސްކޮލަރޝިޕެއް ލިބިފައިވާ ދަރިވަރެއް ނަމަ ސްކޮލަރޝިޕް ފުރިހަމަކުރިތާ ތިން އަހަރު ފުރިފައިވުން
  • މާސްޓަރސް ކޯހުގެ ސްކޯލާރޝިޕަށް ކުރިމަތިލާ ދަރިވަރުންނަކީ އަންޑަގްރެޖުއޭޓް ކޯހުގެ ސީޖީޕީއޭ މަދުވެގެން 2.5 ލިބިފައިވާ ދަރިވަރުންކަމުގައިވުން

އައިޔޫއެމްއިން އެކުލަވާލާފައިވާ ސްކޮލަރޝިޕު ދޭ އުޞޫލުގައިވާ ގޮތުން ދަރިވަރުން ހޮވުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި، އެންމެ ފަހުން ނިންމި ކޯހުގެ ނުވަތަ ޘާނަވ/ީމަތީ ޘާނަވީ އިމްތިހާނުތަކުގެ ނަތީޖާ އަށާއި ދަރިވަރުގެ އިސްނެގުމާއި އިސްވާރުވެރިކަން ހިމެނެއެވެ. 

އައިޔޫއެމް އިން ބުނީ، ސްކޮލަރޝިޕް ލިބުމަށްފަހު އެ ފުރުޞަތު އެހެން ސެމިސްޓަރއަކަށް ބަދަލެއް ނުކުރެވޭނެ ކަމަށާއި، އަދި ސްކޮލަރޝިޕް ލިބޭ ދަރިވަރަކަށް އައިޔޫއެމްއިން ދައްކައި ދޭނީ ފީ އެކަނި ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު