ENGLISH
29 ޖޫން 2026
އެމްޑީޕީ މެމްބަރުންނަކީ މާލޭ ރައްޔިތުންނަށް ހެވެއް އެދޭ ބައެއް ނޫން: މެމްބަރު އައިފާން
29 ޖޫން 2026
|
މަޖިލީހުގައި މެމްބަރު ބަހުޘް ކުރަނީ-- ފޮޓޯ: މަޖިލިސް އިދާރާ
އެންމެ މަޤްބޫލު
އެމްޑީޕީ މެމްބަރުންނަންނަކީ އެއްވެސް އިރެއްގައި މާލޭގެ ރައްޔިތުންނަށް ހެވެއް އެދިގެން އެއްވެސް ކަމެއް ކޮށްދިން ބައެއް ނޫންކަމަށް ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
އައިފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ބަހުސްކުރައްވަމުންނެވެ. އެ އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މެމްބަރު ވިދާޅުވީ، އެމްޑީޕީ މެމްބަރުންނަކީ އަބަދުވެސް މާލޭ މީހުން ގިބޯ ހައްދައިގެން އަވާމެންދުރު ދައްކައިގެން އުޅޭ ބައެއް ކަމަށެވެ. އެގޮތުން އައިފާން ވިދާޅުވީ، އެމްޑީޕީ މެމްބަރުންނަކީ މާލޭ ރައްޔިތުންނަށް ދިމާވެފައިބާ ބޮޑު މުސީބާތެއް ކަމަށާއި، އެކަމާއި މާލޭ ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށެވެ.
”މާލެ ރައްޔިތުންނަށް ހެޔޮ އެދިގެން ކަމެއް ކޮށްދެން އުޅުނު ބައެއް ނޫން އެއީ މާލެ ރައްޔިތުންނަށް ޖެއްސި މުސީބާތް، އެމްޑީޕީ އަކީ ދުވަހަކުވެސް މާލެ ރައްޔިތުންނަށް ހެޔޮ އެދޭނެ ބައެއް ނޫން“ އައިފާން ވިދާޅުވިއެވެ.
އައިފާންގެ ވާހަކައިގައި އިތުރަށް ފާހަގަކުރެއްވީ، މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ނަމުގައި ކަނޑުންނާއި ފަޅުން އެމްޑީޕީން ގޯތި ދޫކުރި ވާހަކައެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުގައި ހުޅުމާލޭގެ ފޭސް 3ގައި ގޯތި ދީފައިވަނީ ކަނޑުގެ 10 މީޓަރު އަޑިން ކަން ފާހަގަކުރެއްވިއެވެ. އެގޮތުން ތިން ބުރީގެ އިމާރާތެއްގެ އުސްމިނަށް ބިން ހިއްކާ މާލެ ރައްޔިތުންނަށް ގޯތި ދިނީ މިސަރުކާރުން ކަމަށް މެމްބަރު ވިދާޅުވިއެވެ. މީގެ އިތުރުން ގުޅީފަޅާއި، ގިރާވަރު ފަޅު ހިއްކައި ގޯތި ދިނީވެސް މި ސަރުކާރުން ކަމަށް މެމްބަރު ވިދާޅުވިއެވެ. އެ ހަގީގަތް ދުވަހަކުވެސް ބަދަލެއް ނުކުރެވޭނެކަން އައިފާން ފާހަގަކުރެއްވިއެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ތަސައްވަރު ފުއްދައިދިނީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، މެމްބަރު މަޖިލިސްގެ ހާޒިރުވެއިދެ މާލޭ ރައްޔިތުންނަށް ކުޑައި މީސްވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭނެކަމަށެވެ.
ދިވެހިރާއްޖެއަށް ދިގު މުއްދަތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. ހާއްސަކޮށް މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މި މައްސަލައިގެ ސަބަބުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން ސަރުކާރުން އަންނަނީ މި މައްސަލައަށް ހައްލު ހޯއްދަވާ ދެއްވުމަށްޓަކައި ރަސްމާލެ މަޝްރޫއު ކާމިޔާބު ކަމާއެކު ކުރަމުންނެވެ.