ENGLISH

29 ޖޫން 2026

Advertisement

އެޗްޑީސީ ތާރީހުގެ ތެރެއަށް؛ އަމިއްލަ އިސްނެގުމަށް ހާމަކުރުން ލާޒިމު ހުރިހާ މައުލޫމާތެއް ހާމަކުރި ފުރަތަމަ އެސްއޯއީ

29 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މައި އޮފީސް، ފޮޓޯ: އެޗްޑީސީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރުން ލާޒިމުކޮށްފައިވާ ހުރިހާ މައުލޫމާތެއް އާއްމުކުރި ފުރަތަަމަ ދައުލަތުގެ ކުންފުންޏަކަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން ވެއްޖެއެވެ. 

އެ ކުންފުނިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އަމިއްލަ އިސްނެގުމަށް ހާމަކުރުން ލާޒިމުވާ ހުރިހާ މައުލޫމާތެއް އެ ކުންފުނީގެ ވެބްސައިޓުގައި މިހާރު ޝާއިއުކޮށްފައިވާ ކަމަށެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން އަމިއްލަ އިސްނެގުމަށް ދައުލަތުގެ އިދާރާތަކުން 13 ބާވަތެއްގެ މައުލޫމާތު ހާމަކުރުން ލާޒިމުވާނެއެވެ. 

އޭގެ ތެރޭގައި، އެ އިދާރާއެއްގެ މަސްއޫލިއްޔަތުތަކާއި، އޮނިގަނޑާއި ވާޖިބު އަދި، އެ އިދާރާއެއްގެ އަހަރީ ބަޖެޓާއި ކުރަން ރާވާފައިވާ ހަރަދުތަކާއި، އެ އިދާރާއެއްގެ މުވައްޒަފުންނަށް ވަކިވަކިންދޭ އުޖޫރައިގެ އިތުރުން، އެ އިދާރާއެއްގެ ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާ ނުވަތަ ޒިންމާކުރުން ރޭވިފައި އޮންނަ ގޮތްތައް ފަދަ މައުލޫމާތުތައް ހިމެނެއެވެ. 

މި މައުލޫމާތުތައް އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވަނީ އެކަމަށް ހާއްސަ އިންފޮމޭޝަން ޑައިރެކްޓަރީއެއް ގާއިމުކުރުމާއެކު، އެ ހުރިހާ މައުލޫމާތެއް އާއްމުންނަށް ބެލެނޭހެންނެވެ. އެ ކުންފުނިން ބުނީ މި މައުލޫމާތުތައް ގާނޫނާ އެއްގޮތަށް ހާމަކުރާ ފުރަތަމަ ދައުލަތުގެ ކުންފުންޏަށްވުމަކީ ލިބުނު ފަޚުރެއް ކަމަށެވެ.

އެޗްޑީސީންވަނީ ކުރިއަށް އޮތް ތަނުގައިވެސް ވީހާވެސް ހާމަކަންބޮޑު ގޮތެއްގަައި ކުންފުނީގެ މަސައްކަތްތައް ރާވައި، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދީ ޚިދުމަތް ދިނުމަށް އެ ކުންފުނިން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. 

2014 ވަނަ އަހަރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން އެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ސަރުކާރެއްގެ ހުރިހާ ވުޒާރާއަކުން ހާމަކުރި ފުރަތަމަ ސަރުކާރަކީ މި ސަރުކާރެވެ. 

ކިޔުންތެރިންގެ ހިޔާލު