ENGLISH

29 ޖޫން 2026

Advertisement

އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ރާއްޖެއިން ބައިވެރިވާނެ: ސަރުކާރު

29 ޖޫން 2026

|

އަޙުމަދު ޙަމީދު

ޚާމަނާއީ އަވަހާރަކޮށްލުމާއި ގުޅިގެން ބޭއްވި ހިތާމަފާޅުކުރުމުގައި ބަޔަކު ބައިވެރިވަނީ --

އަވަހާރަކޮށްލާފައިވާ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ދިވެހިރާއްޖެއިން ބައިވެރިވާނެ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ.

އެމެރިކާއާ އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލާތަކެއްގައި އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލީ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ. އީރާނުން ވަނީ މާޗް މަހުގެ ތެރޭގައި ޚާމަނާއީގެ ޖަނާޒާ ބޭއްވުމަށް ނިންމާފަ އެވެ.

ނަމަވެސް ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން އެކަމަށް ހުރަސް އެޅުނީ އެވެ. ރަސްމީ އިއްޒަތުގައި ބޮޑު ރަސްމިއްޔާތެއްގައި ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ނުވަވަނަ ދުވަހު އެވެ. ޖަނާޒާގެ ކަންކަން އޭގެ ހަތަރު ދުވަސްކުރީން ޖުލައި ހަތަރުވަނަ ދުވަހު ފަށާނެ އެވެ.

އެ ރަސްމިއްޔާތަށް ޤައުމުތަކުގެ ވެރީންނަށް ވަނީ ދަޢުވަތު ފޮނުވާފަ އެވެ. އަދި އިސްލާމީ ޤައުމުތަކަށް ވަނީ ދައުވަތު ދެއްވާފަ އެވެ. އެ ދައުވަތު ރާއްޖެއަށްވެސްް ފޮނުއްވާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ އެ ދަޢުވަތު ރާއްޖެއިން ޤަބޫލުކޮށް މަންދޫބަކު ފޮނުއްވާނެ ކަމަށެވެ.

މިއީ ރެކޯޑް އަދަދަކަށް މީހުން ބައިވެރިވާނެ ޖަނާޒާއަކަށް ވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު