ENGLISH

29 ޖޫން 2026

Advertisement

ދުންފަތުގެ ޑިއުޓީ އަލުން މުރާޖައާކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

29 ޖޫން 2026

|

އައިމިނަތު ޝަފާ

މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން.

ސިނގިރޭޓުން ނަގާ ޑިއުޓީގެ އަގު ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމެވެ.  

މި ގާނޫނޫގެ ހަތް ވަނަ މާއްދާގައި ސިނގިރޭޓުގެ އިތުރުން ބިޑިއާއި ހީޓަޑް ޓޮބޭކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރެވޭގޮތަށް އުފައްދާފައިވާ ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ހުށަހަޅާފައިވެއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ނަގާ ޑިއުޓީ ކަނޑާލާ ގޮތަށް ވެސް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާފައެވެ. 

ބިލު ދިރާސާކުރުމަށް ފޮނުވުމުން މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ ބިލަށް އިތުރު އިސްލާހެއް ނުގެނެސް ބިލު ފާސްކުރުމަށެވެ. މިގޮތަށް އެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުން ވޯޓު ދެއްވިއެވެ. 

ރާއްޖެ އެތެރެ ކުރާ ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ 50% ކުޑަ ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާދީފައިވާކަމަށާއި، އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ކަންކަން ނިންމާނެކަން ސަރުކާރުން ހާމަކުރީ މެއި މަހުގެ ތެރޭގައެވެ.

ދުންފަތުގެ އިމްޕޯޓް ޑިއުޓީ އަށް އެންމެ ފަހުން ބަދަލު ގެނައީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ ފަހަރު ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކުރި އެވެ. ޑިއުޓީ ރޭޓް 8ރ. އިން 4 ރ.އަށް ކުޑަ ކުރާ ނަމަ، އެއީ %50ގެ ކުޑަ ވުމެކެވެ.  

ކިޔުންތެރިންގެ ހިޔާލު