ENGLISH

29 ޖޫން 2026

Advertisement

އެމްއެމްއޭ ސްކޮލާޝިޕަށް ކުރިމަތިލާންދިން މުއްދަތު އިތުރުކޮށްފި

29 ޖޫން 2026

|

އައިމިނަތު ޝަފާ

މަތީތައުލީމު ހާސިލުކުރާ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން-- ފޮޓޯ: އެމްވީ ޕްލަސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ސުންގަޑި އަންނަ މަހުގެ 15 އާ ހަމައަށް ދަންމާލައިފިއެވެ. 

އެމްއެމްއޭގެ މި ސްކޮލާޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ މާލީ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން މެލޭޝިޔާގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ދިވެހިންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މިއަހަރުގެ ސްކޮލާޝިޕްގެ ދަށުން ކިޔެވުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:

* އެކައުންޓިން ދާއިރާއިން ފުރަތަމަ ޑިގްރީ (އޮނާސް).

* ޤާނޫނީ ދާއިރާއިން މާސްޓާސް ޑިގްރީ (އެކި ދާއިރާތަކުން).

* އިޤްތިޞާދީ ދާއިރާއިން މާސްޓާސް ޑިގްރީ.

* އިސްލާމިކް ފައިނޭންސް އަދި އެއާ ގުޅުންހުރި ދާއިރާތަކުން ޕީ.އެޗް.ޑީ.

އެމްއެމްއޭއިން ބުނީ މި ސްކޮލާޝިޕްތަކަށް މީހުން ހޮވުމުގައި ބަލާނީ ތަޢުލީމީ ފެންވަރަށާއި ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވާ މިންވަރަށްކަމަށެވެ. އަދި ސްކޮލާޝިޕް ކަށަވަރުވާނީ ކަނޑައެޅިފައިވާ ޔުނިވަސިޓީތަކުން އެޑްމިޝަން ލިބުމުންކަމަށް ބުންޏެވެ.

މި ފުރުޞަތަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު