ENGLISH

27 ޖޫން 2026

Advertisement

މުލީގައި ކުރިއަށްދާ ކުޅިވަރުގެ މަޝްރޫއުތައް ވަޒީރު ރާފިޢު ބައްލަވާލައްވައިފި

27 ޖޫން 2026

|

އިސްމާއިލް ޝާހު

މުލީގައި ކުރިއަށްދާ ކުޅިވަރު މަޝްރޫއުތައް ވަޒީރު ރާފިޢު ބައްލަވާލައްވަނީ --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

މ. މުލީގައި ކުރިއަށްދާ ކުޅިވަރުގެ މަޝްރޫއުތައް ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ބައްލަވާލައްވައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި މުލީގައި މިވަގުތު އެންމެ ބާރު ސްޕީޑުގައި ކުރިއަށްދަނީ ފިޓްނަސް އެންޑް ރެކްރިއޭޝަން (އެފްއާރްސީ) ގެ މަސައްކަތެވެ. އެ މަސައްކަތުގެ 70 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މުލީގައި ކުރިއަށްދާ ކުޅިވަރު މަޝްރޫއުތައް ވަޒީރު ރާފިޢު ބައްލަވާލައްވަނީ --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

މީގެ އިތުރުން މުލީގެ އައުޓްޑޯ ޖިމްގެ މަސައްކަތާއި، ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތީ ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން މުލީގައި ކުރިއަށްދާ ކުޅިވަރު މަޝްރޫއުތައް ބައްލަވާލެއްވިއިރު، މުއްޔާއި ވ. ފުލިދޫގައި އަލަށް ގާއިމުކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓުތައް ރަސްމީކޮށް ވަނީ ހުޅުއްވައިދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު