ENGLISH

26 ޖޫން 2026

Advertisement

‏ޑިމޮކްރަސީ ނުދަންނަ ބަޔަކުވަނީ އެމްޑީޕީ ފޭރިގަނެފައި: ބަނބުކެޔޮ ހުސެއިންމަނިކު

26 ޖޫން 2026

|

އަޙުމަދު ޙަމީދު

ހުސައިން މަނިކު

‏ޑިމޮކްރަސީ ނުދަންނަ ބަޔަކު ވަނީ އެމްޑީޕީ ފޭރިގަނެފައި ކަމަށް އެ ޕާޓީގެ ހަރަކާތްތަކުގައި ވަރަށް ކުރީން ވަރަށް އިސްކޮށް އުޅުނު ހުސެއިންމަނިކު (ބަނބުކެޔޮ ހުސައިންމަނިކު) ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ކުރި ޕޯސްޓެއްގަ އެވެ.

އޮގަސްޓް 12، 13 ގައި އެމްޑީޕީން ޖުމްހޫރީ މައިދާނަށް އެއްވި ހަނދާން އައުކުރެވޭ ފޮޓޯއަކާއެކު ހުސައިން މަނިކު ކުރި ޕޯސްޓްގައި ވަނީ 21 އަހަރު އެމްޑީޕީއަށް ވެގެން ދިޔައިރު، އެ ޕާޓީ، ޕާޓީއަކަށް ހެދި މީހުން އެމްޑީޕީ އާއި ދުރުވީ ކީއްވެތޯ ބަލާލަންޖެހޭ ކަމަށެވެ.

‏އޭނާ ވިދާޅުވީ ޑިމޮކްރަސީ ނުދަންނަ މިއަދު ބަޔަކު ވަނީ އެމްޑީޕީ ފޭރިގަނެފައި ކަމަށެވެ. އަދި މެންބަރުންނަށް އިލްތިމާސެއް ކޮށްފައިވެ އެވެ.

“‏މެމްބަރުންނޭވެ. ތަރައްޤީގެ ނަޔާފާގަތި ދުވަސްތަކަކަށް އަދުގެ ރައީސް މުޢިއްޒު އާއިއެކު ކުރިއަށް ވަޑައިގަންނަވާ،” ހުސައިން މަނިކުގެ ޕޯސްޓްގައި ވެ އެވެ.

ހުސައިންމަނިކަކީ އެމްޑީޕީގެ ހަރަކާތްތަކުން އެންމެ ވިދާލި އެކަކެވެ. ޕާޓީ ލޯބީގައި އެ ޕާޓީގެ ހުރިހާ ހަރަކާތެއްގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި އެވެ.

އަމިއްލަ ގޭގައި ޖަގަހަ ހަދާ އެމްޑީޕީގެ ފިކުރާ ފަލްސަފާ ފަތުރަން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ޕާޓީން ވަކާލާތުކުރި ކަންކަން ދޫކޮށް އަމިއްލަ އެޖެންޑާތައް ކުރިއަށް ނެރެ އެ ޕާޓީގެ ވެރީން މަސައްކަތް ފެށުމުން އެމްޑީޕީން ވަކިވީ އެވެ.

އެމްޑީޕީގައި މިވަގުތު އޮތީ ބާރު ހޯދުމުގެ ބޮޑު ވާދަވެރި ކަމެވެ. ޚާއްސަކޮށަ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ މެދުގަ އެވެ. ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރުން ދޫކޮށް ބާރުވެރިކަން ހޯދަން މަސައްކަތް ފެށުމުން ގިނަ ބަޔަކު ވަނީ އެމްޑީޕީއާ ފެޔަށް ޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު