ENGLISH

26 ޖޫން 2026

Advertisement

ދުންފަތާ ދުރުކުރަން ސިވިލްސޮސައިޓީ މެދުވެރިކޮށް ބޮޑު ޕްރޮގްރާމެއް ފަށަނީ

26 ޖޫން 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ދުންފަތާ ދުރުކުރަން ސިވިލްސޮސައިޓީ މެދުވެރިކޮށް ގައުމީ ބޮޑު ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

"ނޭޝަން ޗެޓް"ގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ހުރިހާވެސް މަގުސަދަކީ ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުންކަމަށާއި އެގޮތުން ދުންފަތާ ދުރުކުރަން ރަށްރަށުގައި މަސައްކަތްކުރާ ޖަމިއްޔާ، ޖަމާއަތްތަކަށް ސަރުކާރުން އެހީތެރިވާ ގޮތަށް ގައުމީ ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަމަށެވެ.

"މަރުހަލާތަކުގެ ތެރެއިން މިހާރު އަޅަން ޖެހޭ ފިޔަވަޅު މި އަޅަނީ. މީގެ ހުރިހާ ވެސް މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން، އެއީ މިއާ އެކީ އަޅުގަނޑުމެން އެބަ ފަށަން ސިވިލް ސޮސައިޓީ އެމްޕަވާ ކޮށްދޭ ވަރަށް ބޮޑު ނެޝަނަލް ޕްރޮގްރާމެއް ވެސް. މާނައަކީ އެކި ކަހަލަ ޖަމިއްޔާ، ޖަމާއަތްތައް ރަށްރަށުގައި މަސައްކަތްކުރަން އެ މީހުންނަށް އަޅުގަނޑުމެން އެކި ކަހަލަ ކަންކަން ފަހިކޮށްދޭނަން އަދި ފައިސާގެ އެކި ކަހަލަ އިނާމުތައް ދިނުން، ނޫނިއްޔާ އެކި ކަހަލަ އިންސެންޓިވް ދިނުން ވެސް މީގައި ހިމެނޭނެ،". ރައީސް ވިދާޅުވިއެވެ.

ދުންފަތާ މީހުން ދުރުކުރަން ސަރުކާރުން ހިންގަނީ ވަށާ ޖެހޭ ޕްރޮގްރާމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ޕްރޮގްރާމް ފަށާއިރު ދުންފަތުން މީހުން ދުރުކުރަން ބޭނުންކުރާ ވަސީލަތްތަކުން ނަގާ ޑިއުޓީ ވެސް ކަނޑާލާނެކަމަށެވެ. 

ސިނގިރެޓުން ނަގާ ޑިއުޓީ ކުޑަކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަސް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ސިނގިރެޓުން ނަގާ ޑިއުޓީ ކުޑަކުރަން ނިންމީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ހެދި ދިރާސާއެއްގައިވާ ތާވަލަކާ އެއްގޮތަށްކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު