ENGLISH
26 ޖޫން 2026
ރައީސާ ވަކިން ބައްދަލުކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ދެނީ
26 ޖޫން 2026
|
ރައީސް މުޙައްމަދު މުޢިއްޒު ހުޅުމާލެ ފޭސް2ގައި ބޭއްވި އަވަށު ބައްދަލުވުމުގައި ރައްޔިތަކާ ވަކިން ސަލާން ކުރައްވައި ހިޔާލުތައް އަޑުއައްސަވަނީ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ވަކިން ބައްދަލުކޮށް އެދޭކަމެއްގެ ވާހަކަ ހިއްސާކުރަން ބޭނުންވާ މީހުނަށް އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ދާއިރާތައް ވަކިވަކިން ކޮންމެ ދާއިރާއަކުން ވަކި އަދަދެއްގެ ރައްޔިތުންތަކަކާ ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ނުވަތަ ދެ ދުވަހު ވަކި ވަގުތަކާއި އުސޫލެއް ކަނޑައަޅައިގެން ބައްދަލުކުރުމުގެ މަސައްކަތް ކުރަމުންޑާކަމަށެވެ.
"ހަފްތާއަކު އެއް ދުވަހު ބައްދަލުކޮށްފިއްޔާ ވަރަށް ދުވަސް، ހަފްތާއަކު ދެ ދުވަހު ބައްދަލުކުރިޔަސް ދެން ހުރި ކަންތައްތަކާއި ދަތުރުތަކަށް ބެލިޔަސް އަހަރެއްހާ ދުވަސް ނަގާނެ ކަން ނޭނގެ ހުރިހާ ދާއިރާއެއް ކަވަރު ކުރަން. އެހެންވިޔަސް، ކޮންމެ ދާއިރާއަކުން 10 ވަރަކަށް ނޫނީ 15 ވަރަކަށް އާއިލާއާ ބައްދަލުވާ ކަމަށްވާ ނަމަ، ނުވަތަ 15 ވަރަކަށް ގޭގެ ފަރާތްތަކާ ބައްދަލުވާ ނަމަ، ވަރަށް ގިނަ މީހުންނަށް ފުރުސަތު ލިބިގެންދާނެ އެމީހަކު ބޭނުންވާ ވާހަކައެއް ދައްކަން،" ރައީސް ވިދާޅުވިއެވެ.
މީގެކުރިން މާލޭގެ އެކި އަވަށްތަކަށް ހާއްސަކޮށްގެން ބޭއްވި ބައްދަލުވުންތަކުގައި ރައްޔިތުންގެ ގިނަ ބަޔަކު އެކަމަށް އެދިފައިވާކަން ފާހަގަކުރައްވަމުން ރައިސް އެދިވަޑައިގެންނެވީ އެއްވެސް މީހަކަށް ޖަވާބެއް ނޫނީ ކަމެއް ހަމަޖައްސައި ނުދެވި އޮތް ނަމަ، އެކަން އެމަނިކުފާނުގެ ސަމާލުކަމަށް ގެނެސްދެއްވުމަށެވެ.
ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި އެންމެ ބޮޑަށް އައި ޝަކުވާއެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ބޯހިޔާވަހިކަމުގެ ޝަކުވާތަކެެވެ. ރައީސް ވިދާޅުވީ ފްލެޓު ނުލިބިގެން ޝަކުވާތަކެއް އައިއިރު، އެ މީހުންގެ އެޕްލިކޭޝަންތަކަށް މާކްސް ދީފައި އޮތް ގޮތް ރަނގަޅުތޯ ބަލައި އެއަށް ޖަވާބު ދީފައިވާނެ ކަމަށެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާދެއްވުމަށް ސަމާލުކަންދީ ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ސީރިއަސްކޮށް ނަގައި މައްސަލަ ހައްލުކޮށްދިނުމަށް މަސައްކަތްޕުޅުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.