ENGLISH

25 ޖޫން 2026

Advertisement

ކްލަސިކް: އެޗްޕީއެސްއެން، ސީއާރްސީ، ބިނާރާ، އެމްއެމްއޭ، ހުޅުމާލެ ހޮސްޕިޓަލް އަދި ޑީޖޭއޭއަށް މޮޅެއް

24 ޖޫން 2026

|

އިސްމާއިލް ޝާހު

ކްލަސިކުގައި އެޗްޕީއެސްއެން އާއި ބަންޑާރަ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކްލަސިލް 2026 ގައި މިރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ޓީމު އެޗްޕީއެސްއެން، ކުލަބު ކްރިމިނަލް ކޯޓު (ސީއާރްސީ)، ކުލަބު ބިނާރާ، އެމްއެމްއޭ ސޯޝަލް ކުލަބު، ހުޅުމާލެ ހޮސްޕިޓަލް އަދި ކުލަބު ޑީޖޭއޭ މޮޅުވެއްޖެއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަސިކް މުބާރާތުގައި 19 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ހަތަރު ޓީމެވެ.

ކްލަސިކުގައި ސީއާރްސީ އާއި އެމްއީޑީޓީޓީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ގްރޫޕް އޭގައި ކުޅުނު މެޗުން އެޗްޕީއެސްއެން މޮޅުވީ ބަންޑާރަ ކުލަބު އަތުން 11-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި ގްރޫޕުގެ އަނެއް މެޗުން ހުޅުމާލެ ހޮސްޕިޓަލް މޮޅުވީ ކުލަބު އެވްސެކް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ބީގައި މިރޭ ކުޅުނު މެޗުން ކްރިމިނަލް ކޯޓު މޮޅުވީ އިޤުތިޞާދީި ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ (އެމްއީޑީޓީޓީ) އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މި ގްރޫޕުގެ އަނެއް މެޗުން ޑީޖޭއޭ މޮޅުވީ ކުލަބު އެސްއެމްއީ ޑިޖިޓަލް އަތުން ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ.

ކްލަސިކުގައި ޕީއެސްއެމް އާއި އެމްއެމްއޭ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މީގެ އިތުރުން ގްރޫޕް ސީގައި ބިނާރާ ވަނީ ވިޒިޓް މޯލްޑިވްސް ކުލަބު އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި ގްރޫޕުގެ އަނެއް މެޗުން އެމްއެމްއޭ މޮޅުވީ ޕީއެސްއެމް އަތުން 4-3 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ ހުކުރު ދުވަހުގެރެއެވެ.

  • އެޗްޕީއެސްއެން - ޕެމާ (20:15)
  • ސީއާރްސީ - ހެލްތު އާރްސީ (20:15)
  • ބިނާރާ - ތަޢުލީމީ ގުޅުން (21:30)
  • ހުޅުމާލެ ހޮސްޕިޓަލް - ބަންޑާރަ ކުލަބު (21:30)
ކިޔުންތެރިންގެ ހިޔާލު