ENGLISH

24 ޖޫން 2026

Advertisement

ސްޓޭޓްފާމާއަށް ބަދަލުކުރަން އެސްޓީއޯ ފާމަސީތައް ތިން ދުވަހަށް ބަންދު، އިމާޖަންސީ ހާލަތުގައި ބޭސް ލިބޭނެ

24 ޖޫން 2026

|

އަޙުމަދު ޙަމީދު

އެސްޓީއޯގެ ފާމަސީއެއް --

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އައި ފާސަމީތައް ތިން ދުވަހަށް ބަންދު ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯ ހެލްތް ކެއާ އިން ހިންގާ ފާމަސީތައް ތިން ދުވަހަށް ބަންދުކުރުމަށް ނިންމުމާއި ގުޅޭގޮތުން އެ ކުންފުނިން މިރޭ ބުނީ އެސްޓީއޯގެ ދަށުން ހިންގަމުން އައި ފާމަސީތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޑެޓްގެ ދަށަށް ބަދަލުކުރަން މި މަހުގެ 24 އާއި 25 އަދި 26 ވަނަ ދުވަހު އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓް ކުރިއަށް ގެންދަން ފާމަސީތައް ބަންދުވާނެ ކަމަށެވެ.

ނަމަވެސް އިމާޖަންސީ ހާލަތުގައި  ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެ މަސައްކަތް ނިމުމުން ފާމަސީތަކުގެ ހިދުމަތްދީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަނުން ކަމަށްވެސް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު