ENGLISH
23 ޖޫން 2026
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ 79 މަޝްރޫޢުއެއް ކުރިއަށް
23 ޖޫން 2026
|
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ 79 މަޝްރޫޢުއެއް ކުރިއަށް --
އެންމެ މަޤްބޫލު
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ އަދަދު 79 އަށް އަރައިފި އެވެ.
އެ ވުޒާރާ އިން މިއަދު ބުނީ މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ 45 މިސްކިތެއްގެ މަޝްރޫޢު އާއި 12 އިސްލާމީ މަރުކަޒެއްގެ މަޝްރޫޢު އާއި 16 ޤުރުއާން ސެންޓަރުގެ މަޝްރޫޢުގެ އިތުރުން ވަޤްފުގެ ބިނާ ކުރުމުގެ ހަ މަޝްރޫޢުއެކެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް ބުންޏެވެ.
އިސްލާމީ ދާއިރާއިން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދާ އެންމެ މުހިއްމު މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި ބިނާ ކުރާ ދާރުލްއަރުޤަމް އާއި ހުޅުމާލޭގައި ބިނާ ކުރާ ދާރުއްސަލާމް ވަޤްފު ޢިމާރާތް ހިމެނެ އެވެ. މީގެ އިތުރުން މިހާތަނަށް ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި ބިނާ ކުރުމަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށް ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢުއަށް ރާއްޖޭން ބޭރުގެ ފަރާތަކުން ފައިނޭންސިންގ ހަމަޖެހިފައިވެ އެވެ.