ENGLISH

23 ޖޫން 2026

Advertisement

ޝަކީލް، ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަޤާމުން އިސްތިއުފާ ދެއްވައިފި

23 ޖޫން 2026

|

އަޙުމަދު ޙަމީދު

ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލް --

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމުން، ދަފްތަރު ނަންބަރު ރސ 13449، މުޙައްމަދު ޝަކީލު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީވެ، އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން އޭނާ ވަކިކޮށްފައިވާ ކަމަށް ޕީސީބީން ބުނެފި އެވެ.

ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމުގައި ޕީސީބީން ބުނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމުން، ދަފްތަރު ނަންބަރު ރސ 13449، މުޙައްމަދު ޝަކީލު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީވެ، އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.

ޝަކީލް އިސްތިއުފާ ހުށައެޅުއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުން މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މެންބަރުގެ މަގާމަށް އޭނާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއި ގުޅިގެންނެވެ.

ޝަކީލް މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަގާމު އަދާކުރައްވާފައިވެއެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތިނަކުން 2018 ވަނަ އަހަރުގެ މޭ މަހުގެ ނުވަ ވަނަ ދުވަަހުގެ ނިޔަލަށް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާއިރު 01 ސެޕްޓެމްބަރު 2013 އިން 03 ޑިސެމްބަރު 2014 އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު