ENGLISH

24 ޖޫން 2026

Advertisement

ކިޑްސަލް: އެލީޓް، ވެލެންސިއާ، ނިއު ރޭޑިއަންޓް އަދި އެސްޕަޔަރ ސެމީއަށް

23 ޖޫން 2026

|

އިސްމާއިލް ޝާހު

ކިޑްސަލްގައި ވެލެންސިއާ އާއި ބިސް ބުރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކިޑްސަލް 2026 ގެ ސެމީ ފައިނަލަށް އެލީޓް އެކެޑަމީ، ކުލަބު ވެލެންސިއާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި އެސްޕަޔަރ އެކެޑަމީ ދަތުރުކޮށްފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ކުލަބު މޯލްޑިވްސްއިން މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް ޚާއްސަ ކުރެވިފައިވަނީ އެކެޑަމީތަކުގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ކުޅުންތެރިންނަށެވެ.

މި މުބާރާތުގެ ސެމީއަށް އެލީޓް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކުލަބު (އެޗްވައިއެސްސީ) އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި އެލީޓުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޝައިމަން އަޙްމަދު ރިޒާ، އާދު ބިން މުޙައްމަދު ނިޔާޒް އަދި ހުމާމް މުއާވިޔަތު ޝަކީބެވެ. މީގެ ތެރެއިން އާދު ވަނީ ދެ ލަނޑު ޖަހާފައެވެ. މި މެޗުގައި އެޗްވައިއެސްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަމީސް ބިން އަބްދުލް ހަމީދު އަދި އިބްރާހީމް އަބާން އަޒްލިފެވެ.

ކިޑްސަލްގައި އެލީޓް އާއި އެޗްވައިއެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މީގެ އިތުރުން މި މުބާރާތުގެ ސެމީގެ ޖާގައެއް ވެލެންސިއާއިން ހޯދީ ކުއާޓާގައި ބިސް ބުރު ސްޕޯޓްސް އަތުން ފަހަތުން އަރައި 6-3 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި ވެލެންސިއާގެ އިސްމާޢީލް އަޒްޔާން ޖަމާލް، އަލީ އަޒީން އާދިލް އަދި އިބްރާހީމް އިލްޔާސް ބިން ހަސަން، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި ބިސް ބުރުގެ ލަނޑުތައް އިބްރާހީމް މިރުޝާން އަދި މުޙައްމަދު ޝައިލް ސޮލާހު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑަކީ ވެލެންސިއާގެ އަޒްޔާން އަތުން ބައިކޮޅަށް ވަން ލަމޑެކެވެ.

ކިޑްސަލްގައި ނިއު ރޭޑިއަންޓާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި މުބާރާތުގެ ސެމީއަށް ނިއު ރޭޑިއަންޓް ދަތުރުކޮށްފައިވަނީ ކުއާޓާގައި ބީޖީ ސްޕޯޓްސް އަތުން 7-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި ނިއު ރޭޑިއަންޓުގެ ރާއިޝް ރަމީޒް، މުޙައްމަދު ޔަމަކް ނަޝީދު އަދި މުޙައްމަދު އަޒުހާން އަލީ، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑަކީ ބީޖީގެ ޝާއިން މުޙައްމަދު ސިނާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މި މެޗުގައި ބީޖީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނޫހު އިޚްލާސް ސަލްމާމް އަދި މިކްޔާލް އަބްދުލް މަޖީދެވެ.

ކިޑްސަލްގައި އެސްޕަޔަރ އާއި ވިލިމާލެ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މީގެ އިތުރުން މި މުބާރާތުގެ ސެމީއަށް އެސްޕަޔަރ ދަތުރުކޮށްފައިވަނީ ކުއާޓާގައި ވިލިމާލެ ޔުނައިޓެޑް އަތުން 5-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި އެސްޕަޔަރގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކް ހެދި އައްމާރު ބިން ނަވާޒް، އަޙްމަދު އާހިލް ހުސައިން އަދި ޔަލްސަން ބިން ހިސާނެވެ.

މި މުބާރާތުގެސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ.

  • އެލީޓް އެކެޑަމީ - ނިއު ރޭޑިއަންޓް (20:15)
  • ވެލެންސިއާ - އެސްޕަޔަރ އެކެޑަމީ (20:15)
ކިޔުންތެރިންގެ ހިޔާލު