ENGLISH

24 ޖޫން 2026

Advertisement

ޒުވާނުން ބާރުވެރިކުރުވުމަށާއި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ވަރަށް އަހަންމިއްޔަތުކަންދެން: ރައީސް

23 ޖޫން 2026

|

އަޙުމަދު ޙަމީދު

ރައީސްގެ ދެކަނބަލުން ސްކޭޓްކުރާ ކުދީންތަކަކާއެކު

ކުޅިވަރާއި ހަށިހެޔޮކަމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކޮށް، ކަންކަމުގައި ދެމިތިބުމުގެ ސިފަ އަށަގަންނުވައި، ފުރިހަމަ ގާބިލުކަން ހާސިލުކުރުމަށް ޒުވާނުންނަށް އެހީތެރިވެދިނުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފި އެވެ.

އިންޓަރނޭޝަނަލް އޮލިމްޕިކް ޑޭއާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސާބިތު އަޒުމަކާއި، ނަފްސުގެ ހެޔޮ ސުލޫކާއި އާދަޔާޚިލާފު ހިތްވަރާއެކު ކުރިއަށްދާ އެތުލީޓުންނާއި ކޯޗުން، އަދި އުންމީދީ ހުވަފެންތަކެއް ދެކެމުންދާ ޒުވާނުންގެ އަގު ވަޒަންކުރައްވާ، ތަޢުރީފު ކުރައްވާފަ އެވެ.

އަދި މި މުނާސަބަތަކީ، ކުރެވޭ ވަރުގަދަ، ކޮންމެ ދަތުރެއްގެވެސް ފެށުމަކީ އެޅޭ ފުރަތަމަ ފިޔަވަޅުކަން ހަނދާންކޮށްދޭ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުޅިވަރުގެ ޒަރީއާއިން ޒުވާނުން ބާރުވެރިކުރުވައި، ޤައުމީ ބަދަހިކަން އާލާކޮށް، ދެމެހެއްޓެނިވި އެކުވެރިކަމުގެ ގުޅުންތަކެއް ބިނާވެގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު