ENGLISH
24 ޖޫން 2026
ނައިފަރު ބިން ހިއްކުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ
23 ޖޫން 2026
|
ނައިފަރު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ރިވެޓްމަންޓްގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ފާދިއްޕޮޅު ނައިފަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މުޅި މަޝްރޫޢުގެ މަސައްކަތުގެ މިހާތަނަށް %80 ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ. އަދި މި މަޝްރޫޢުގެ މަސައްކަތްތައް ތާވަލުކުރެވިފައިވާ މުއްދަތަށްވުރެ ހަލުވިކަމާއެކު ކުރިއަށްދާކަން ވެސް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.
ނައިފަރު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ރިވެޓްމަންޓްގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫޢުގެ ދަށުން، 44.80 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1،813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 474 މީޓަރުގެ ސަރަހައްދެއްފައި ގްރޮއިން ޖެހުމާއި، 803 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ. މި މަސައްކަތްކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 679.03 މިލިއަން ރުފިޔާއަށް 630 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ނައިފަރު ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނައިފަރަށް ކުރެއްވި ދަތުރުފުޅުގައެވެ.