ENGLISH
23 ޖޫން 2026
ތަންފީޒީ އިދާރާތަކުގެ ގުޅުން ހަރުދަނާކުރުމަށް އެމެެރިކާއާއެކު އެއްބަސްވުމެއް
23 ޖޫން 2026
|
ތަންފީޒީ އިދާރާތަކުގެ ގުޅުން ހަރުދަނާކުރުމަށް އެމެެރިކާއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. ފޮޓޯ؛ ދިވެހި ފުލުހުންގެ އިދާރާ.
އެންމެ މަޤްބޫލު
ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ތަންފީޒީ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް، ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ދެ މުއައްސަސާގެ ސީނިއާ އޮފިސަރުން ބައިވެރިވެލެއްވިއެވެ.
ތަންފީޒީ އިދާރާތަކުގެ ގުޅުން ހަރުދަނާކުރުމަށް އެމެެރިކާއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. ފޮޓޯ؛ ދިވެހި ފުލުހުންގެ އިދާރާ
މި ފަހުމުނާމާގައި ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްގެ ފަރާތުން ސޮއިކުރެއްވީ ރީޖަނަލް އެޓޭޗޭ މިސްޓަރު އާލް މަޓިއަރ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
މި ފަހުމުނާމާގެ ދަށުން، ގުޅުންހުރި ކަންކަމުގައި ދެފަރާތުން މަޝްވަރާކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި، އަދި ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވައި ތަހުގީގުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތުދެއެވެ.
ތަންފީޒީ އިދާރާތަކުގެ ގުޅުން ހަރުދަނާކުރުމަށް އެމެެރިކާއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. ފޮޓޯ؛ ދިވެހި ފުލުހުންގެ އިދާރާ.
އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތަހުގީގީ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާއި ސަލާމަތީގޮތުން ކުރިމަތިވަމުން އަންނަ ނުރައްކާތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް މި އެއްބަސްވުމާއެކު ހަރުދަނާވެގެންދާނެކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.